Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގދ.ތިނަދޫ

ތިނަދޫގައި އެމްބިއުލާންސެއް ނެތިގެން ބަލިމީހަކު ޕިކަޕެއްގައި އުފުލައިފި

ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެމްބިއުލާންސެއް ނެތިގެން ބަލި މީހަކު ޕިކަޕެއްގައި އުފުލަން ޖެހިއްޖެއެވެ.

ރޭ ގއ.ގެމަނަފުށިން ސީއެމްބިއުލާންސްގައި ތިނަދޫއަށް ގެންދިޔަ ވަރަށް ހާލުބޮޑު ބަލިމީހަކު، ބަނދަރުން ފެށިގެން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ޖެހުނީ ޕިކަޕުގައެވެ. އެ ރަށުން މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮންނަ 3 އެމްބިއުލާންސްވެސް ވަނީ ހަލާކުވެފައެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންވެސް ވަނީ ޓުވީޓުކުރައްވާފައެވެ. ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ތިނަދޫގައި އެމްބިއުލާންސެއް ނެތުމަކީ ދެރަވަރުކަމެއް ކަމަށެވެ. އަދި ރައީސް އިބްރާހީމްގެ ޕްރައިމެރީއަށް ހަރަދުކުރިއެއް ކަމަކު އެމްބިއުލާންސް ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ތިނަދޫއަކީ ހުވަދުއަތޮޅުގެ އެންމެ އާބާދީ ބޮޑުރަށެވެ. އަދި އެރަށުގެ ހޮސްޕިޓަލުން އަތޮޅުގެ އެހެން ރަށްތަކުގެ މީހުންވެސް ހިދުމަތް ހޯދައެވެ.

ތިނަދޫގައި އެމްބިއުލާންސެއް ނެތް އިރު ގދ.ކާނޑެއްދޫ އެއާޕޯޓުންވެސް މި ހަފްތާތެރޭގައި ބަލިމީހަކު ޕިކަޕެއްގައި އުފުލި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފައިސާ ނެތިގެން ވަރަށް އަސާސީ ކަންކަން ނުކުރެވިފައިވާއިރު ރައީސް އިބްރާހީމްގެ ސަރުކާރުން ދަނީ އާ ސިޔާސީ މަޤާމުތައް އުފައްދައި އެ ފަރާތްތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ