Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ދީނަށް ވާފަތެރިވާން ހުވާކޮށްގެން ތިބެ "ޖައި ހިންދު" ކީ ފުލުހުންނަށް އަދަބު ދޭންޖެހޭ: މޮސްޓާ

ގައުމަށާއި ދީނަށް ވަފާތެރިވާން ހުވާކޮށްގެން ތިބެ، "ޖައި ހިންދު" ކީ ފުލުހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ތަމްރީނުތަކެއް ފުރިހަމަކުރަމުން އައި ދިވެހި ފުލުހަކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މުހާތަބު ކުރައްވަމުން އިންޑިއާ އިން ފަހި ކޮށްދިން ފުރުސަތަށް ޝުކުރު އަދާކޮށް "ޖައި ހިންދު" މިހެން ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
"ޖައި ހިންދުގެ މާނަ އަކީ އިންޑިއާ އަށް ކާމިޔާބު" އެވެ. ޓްވިޓާ ގައި އާންމު ވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުން ފުލުސް މީހާ މިހެން ބުނެފައިވަނީ ތަމްރީންތައް ނިންމާލުމަށްފަހު ބޭއްވި ޚާއްސަ ހަފްލާއެއްގައި ކަމަށް މައުލޫމާތުލިބެ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެ ވީޑިއޯ ހިއްސާކޮށް، މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ގައުމާއި ދީނަށް ވަފާތެރިވާން ހުވާ ކޮށްގެން ތިބެ ޖައި ހިންދު ކިޔުމަކީ ހަރާންކޯރުވުން ކަމަށެވެ. އަދި އެމީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވައިލައި، މޮސްޓާ ވިދާޅުވީ އަދަބު ނުދެވޭ ނަމަ ގައުމުގެ މުސްތަގުބަލް ވަރަށް ނާޒުކު ވާނެ ކަމަށެވެ.
"މިހެން މިކަން ވާތަން ބަލަން ގައުމީ ލޯބި ހުރި ބަޔަކު އަބަދު ނުތިބޭނެ ކަން ދަންނާތި،" މޮސްޓާ ވިދާޅުވި އެވެ.
މިކަން އާންމުންގެ ސަލާމު ކަމަށް އައިސް ފައިވާއިރު، އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ދިޔަ ދިވެހި ފުލުހުންތަކެއް ހިންދޫ ދީނުގެ އިއުތިގާދާ ގުޅިފައިވާ ތިލާކާ ނުވަތަ ތިލާކް ތިކި އެމީހުންގެ ނިތްކުރީގައި ޖެހި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.
މި ފުލުސް އިންސްޓްރަކްޓަރުންނަކީ އިންޑިއާއިން އައްޑޫގައި އެޅި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓެގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ފުލުހުން އިންޑިއާއަށް ގޮސްފައިވަނީ އެ ޤައުމުގެ ރަޝްތުރިޔާ ރަކްޝާ ޔުނިވާސިޓީގައި ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމަށެވެ. މި ދަތުރުގައި ޖުމްލަ 15 ފުލުހުން ބައިވެރިވާކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.
ހިންދޫ ދީނާ ގުޅިފައިވާ އެފަދަ ކަމެއް ކުރުމަކީ އަލުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވާންވެސް ޖެހޭވަރުގެ ކަމެއްކަމަށް ޝައިޚް ނިޝާން ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ