Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ލައްކައިން ފައިސާގެ އިނާމު ލިބޭ، ރެޑްވޭވް ރޯދަ ސޭލް ފަށައިފި!

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަ މާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް "ރެޑްވޭވް ރޯދަ ސޭލް" ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ރޭޑްވޭވް ރޯދަ ސޭލް މިފަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންނަށް ވެސް ރޯދައަށް ބޭނުންވާ މުދާ ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
އެގޮތުން މި ޕްރޮމޯޝަންގައި އެކި އެކި އައިޓަމް ތަކުން 5 ޕަސެންޓާއި 75 ޕަސެންޓާ ދެމެދު ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ އެވެ. އަދި ފާއިތުވި އަހަރުތަކައްވުރެ މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި ގަންނަން ލިބޭ އައިޓަމްތައް އިތުރުވެފައި ރޯދައަށް ބޭނުންވާނެ ވަރައް ހާއްސަ މުދާ ލިބެން ހުންނާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.
ރޯދަ ސޭލް ކުރިއަށްދާނީ އަންނަ އޭޕްރީލް 20 ގެ ނިޔަލަށެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި ރެޑްވޭވުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ އެންމެ ހާއްސަ ކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބުމެވެ.
އެގޮތުން ގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު، ނަސީބުވެރި އިތުރު ފަސް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
މީގެ އިތުރުންވެސް ރެޑްވޭވުން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވޭ 5 ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ އެވެ. އަދި ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ފަރުނީޗަރާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ހިފާ ގެންގުޅޭ ސާމާނު ނަން ހުސްކޮށް މިފަހަރުގެ ރޯދަ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓުތަކާއެކު ލިބެން ހުންނާނެ އެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކާ ރެޑްވޭވުން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ކަސް ޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮމޯޝަނެކެވެ.
މި ލިއުމާއި ގުޅޭ