Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

ޤުރުއާން އެންދި ޕަލޫޑަން ކުޑަކުދިންތަކަކާ ޖިންސީ ވާހަކަދެއްކިކަން ފަޅާއަރައިފި

ސްވިޑެންއާއި ޑެންމާކުގައި ކީރިތި ޤުރުއާން އެންދި ހަރުކަށި ސިޔާސީ ލީޑަރު ރަސްމަސް ޕަލޫޑަން އޮންލައިންކޮށް ކުޑަކުދިންތަކަކާއެކު ޖިންސީ ވާހަކަތަކެއް ދައްކާފައިވާ އޯޑިއޯތަކެއް ލީކުވެއްޖެއެވެ.

މުސްލިމުންނާ ދެކޮޅުވުމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ޕަލޫޑަން މަޝްހޫރުވެފައިވަނީ ޤުރުއާން އެންދުމުގެ ދަތުރުތައް ބާއްވާތީއެވެ. އޮންލައިން ޕްލެޓްފޯމެއްކަމަށްވާ ޑިސްކޯޑުގައި ކުޑަ ފިރިހެންކުދިންތަކަކާ ޖިންސީ ވާހަކަތައް ދައްކާފައިވާ އޯޑިއޯތަކެއް ލީކުވެފައިވަނީ އެކުދިންގެ އުމުރު އެނގިހުރެއެވެ.

އެ އޯޑިއޯ ރިކޯޑިންތަކުން ސާފުވާ ގޮތުގައި އެ ކުދިންނާއެކު އޭނާ ޖިންސީ ވާހަކަދައްކާފައިވަނީ ވަރަށް ސަރީހަކޮށެވެ. އެ ވާހަކަތަކުގެ ތެރޭގައި ކުލާހެއްގައި ޓީޗަރަކު ފިރިހެންކުއްޖަކަށް ޖިންސީ އަނިޔާކުރާ ޙާލަތެއްގެ ވާހަކަވެސް ދައްކާފައިވެއެވެ.

ޑިސްކޯޑުގެ ގުރޫޕެއްގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެ ގުރޫޕުގައި ތިބި ކުދިންވަނީ އެ ކުދިންގެ އުމުރު ކިޔައިދީފައެވެ. އެ ގުރޫޕުގައި ތިބީ 13 އަހަރާއި 17 އަހަރުގެ ކުދިިންނެވެ. ޕަލޫޑަންގެ އުމުރާމެދު އެކުދިން ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ އުމުރަކީ 39 އަހަރު ކަމަށެވެ.

ސްވިޑެންގައި ޖިންސީ އަމަލަށް ރުހުންދެވޭ އުމުރަކީ 15 އަހަރުކަމަށްވީ ނަމަވެސް އެނގިހުރެ ތަކުރާރުކޮށް ޕަލޫޑަންވަނީ އުމުރުން 14 އަހަރާއި 13 އަހަރުގެ ކުދިންނާއެކު ޖިންސީ ވާހަކަތައް ދަައްކާފައެވެ.

ޕަލޫޑަން އެކުދިންނާ ދެއްކި ވާހަކަތަކުގެ ތެރޭގައި އޭނާވަނީ ގޭގެ ބަދިގޭގައި އޭނާ ހިނގަނީ ބަރަހަނާ ހާލުގައި ކަމަށް ބުނެފައެވެ. އަދި އެއިން އެއް ކުއްޖަކު ކޮންމެވެސް ތަނެއްގެ ފުރަގަހުގައި ޖިންސީ ގުޅުން ހިންގިކަމަށްވެސް ޕަލޫޑަން ބުނެފައިވެއެވެ. އެކުއްޖާ ބުނި ގޮތުގައި އޭނާގެ އުމުރަކީ 14 އަހަރެވެ.

ޕަލޫޑަން ޑިސްކޯޑު ބޭނުންކުރަން ފެށީ 2020 ވަނަ އަހަރުގައި އޭނާގެ ޔޫޓިއުބު އެކައުންޓު އެ މަންސައިން ބޭރުކުރުމުންނެވެ.

މި ލިއުމާއި ގުޅޭ