Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ދިވެހި ފުލުހަކު "ޖައި ހިންދު" ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިންޑިއާގައި ތަމްރީންތަކެއް ފުރިހަމަ ކުރަމުން އައި ދިވެހި ފުލުހަކު "ޖައި ހިންދު" އޭ ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

"ޖައި ހިންދުގެ މާނަ އަކީ އިންޑިއާ އަށް ކާމިޔާބު" އެވެ. ޓްވިޓާ ގައި އާންމު ވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުން ފުލުސް މީހާ މިހެން ބުނެފައިވަނީ ތަމްރީންތައް ނިންމާލުމަށްފަހު ބޭއްވި ޚާއްސަ ހަފްލާއެއްގައި ކަމަށް މައުލޫމާތުލިބެއެވެ.

މި ހަފްލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މުޚާތަބު ކުރައްވަމުން އެ ފުލުސް މީހާ ބުނެފައިވަނީ އިންޑިއާ އިން ފަހި ކޮށްދިން ފުރުސަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ވާހަކަ ނިންމާލީ ޖައި ހިންދު ކިޔަމުންނެވެ.

މީގެ އިތިރުން އެ ފުލުސްމީހާ އާ މޯދީ ސުވާލު ކުރެއްވީ ރާއްޖެއާއި އިންޑިއާގެ އެންމެ އެއްގޮތް ކަންތައް ތަކަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނެފައިވަނީ “އާދަ ކާދަ އާއި ކާއެއްޗެހި އެއްގޮތް ކަމަށެވެ.

މިކަން އާންމުންގެ ސަލާމު ކަމަށް އައިސް ފައިވާއިރު، އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ދިޔަ ދިވެހި ފުލުހުންތަކެއް ހިންދޫ ދީނުގެ އިއުތިޤާދާ ގުޅިފައިވާ ތިލާކާ ނުވަތަ ތިލާކް ތިކި އެމީހުންގެ ނިތްކުރީގައި ޖަހައިފައެވެ.

މި ފުލުސް އިންސްޓްރަކްޓަރުންނަކީ އިންޑިއާއިން އައްޑޫގައި އެޅި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓެގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ފުލުހުން އިންޑިއާއަށް ގޮސްފައިވަނީ އެ ޤައުމުގެ ރަޝްތުރިޔާ ރަކްޝާ ޔުނިވާސިޓީގައި ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމަށެވެ. މި ދަތުރުގައި ޖުމްލަ 15 ފުލުހުން ބައިވެރިވާކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.

މީގެއިތުރުން އެފަދަ ކަމެއް ކުރުމަކީ އަލުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވާންވެސް ޖެހޭވަރުގެ ކަމެއްކަމަށް ޝައިޚް ނިޝާން ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ