Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ޤައުމިއްޔަތުގެ ޒައްރެއްގެ މިންވަރު ހުރި އެންމެ މީހަކުވެސް މި ސަރުކާރުގައި ނެތް: އާދަމް ޝަރީފު

މިވެރިކަމުގެ ތެރޭގައި ޤައުމިއްޔަތުގެ ޒައްރެއްގެ މިންވަރެއް ހުރި މީހަކުވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި، މާލޭ ދަރުބާރުގޭގައި މި ހަތަރު ދުވަހު ބާއްވަމުންދާ "ހޯޕް ކޮންފަރެންސް"ގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވެދެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާދަތު ރައްކާތެރިކުރުމުގައި އެމަނިކުފާނަށް ކުރިމަތިވި ގޮންޖެހުންތަކެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލުމަށް ރާވައިގެން ހިންގާފައިވާ ތަފާތު އެކި ހަރަކާތްތަކުގެ ވާހަކަތައް އޭނާ ތަފުސީލުކޮށް ވިދާޅުވެދެއްވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީ ހަލުއިކުރުމުގައި އަދި އިޤުތިޞާދު މުޅިން އައު ހަރުފަތަކަށް ގެންދިއުމުގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަމަށް ޤަބޫލުކުރެއްވުން ކަމަށެވެ. އަދި އަވައްޓެރި އިންޑިއާއަކީ އެހެން ކަންކަމުގައި ރާއްޖޭގެ މުހިއްމު އަވައްޓެރިއެއް ކަމަށް ރައީސް ޔާމީން ބެއްލެވި ކަމަށެވެ.

ނަމަވެސް އިންޑިއާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުން ގޯސްވި ސަބަބަކީ ރާއްޖެއަށް ބޭނުންވާ އެމްއާރުއޭ މެޝިނެއް ދިނުން ލަސްވުމުން އަމިއްލައަށް ވަސީލަތް ހުރި ތަނަކުން ވަސީލަތް ނަންގަވައިގެން ރައީސް ޔާމީން އެކަން ކުރެއްވުން ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ އެމަނިކުފާނު ދެކޮޅުހެއްދެވި ކަމަށާއި، އެވެސް އިންޑިއާއަށް ތަހައްމަލުކުރަން އުދަގޫ ކަމަށްވި ކަމުގައި އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައުމުގެ ނަތީޖާއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން ދިވެހިރާއްޖޭގެ ވަތުބަތާނައަށް ދާންދެން އެހެން ބަޔަކަށް ދީފައިވާ ކަމަށެވެ. އެހާ ބޮޑަށް އެހެން ބައެއްގެ މައްޗަށް ސަރުކާރު ބަރޯސާވެ ޚިޔާނާތްތެރިވެފައިވާތީ މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އާދަމް ޝަރީފު ފާހަގަކުރެއްވީ މި ސަރުކާރުގައި ޤައުމިއްޔަތުގެ ޒައްރެއްގެ މިންވަރު ހުރި މީހަކުވެސް ނެތް ކަަމަށެވެ.

މި ލިއުމާއި ގުޅޭ