Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

މުއައްސަސާތައް ރައީސްގެ އޮޅު ޕެޓަކަށްވީމަ ކަމުނުދޭ: ޑރ.ޖަމީލް

ދައުލަތުގެ މުއައްސަސާތައް ރައީސުލްޖުމުހުރިއްޔާގެ އޮޅު ޕެޓަކަށްވީމަ ކަމުނުދާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިފަދައިން ޑރ.ޖަމީލް ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ "ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. ޖަމީލް ވިދާޅުވީ ގައުމެއްގެ ސިޔާސީ މަސައްކަތް ކުރުމަކީ އެ މަސައްކަތުގައި އުޅޭ ބަޔަކަށް އަނިޔާދޭ ކަމަކަށް ވެގެން ނުވާނެކަމަށާއި ގައުމަކަށް ލިބޭނެ އެންމެ ބޮޑު ރައްކާތެރިކަމަކީ އެ ގައުމެއްގެ ޝަރޫއީގެ ރައްކާތެރިވެ އެ ގައުމެއްގެ ފަނޑިޔާރުން އަދުލުވެރިވުންކަމަށެވެ.

އޭނާ ވިދާޅުވީ އެގައުމެއްގައި ތިބޭ ވެރިން ތިމަންނާމެންގެ ޒިންމާއަކީ ހަމައެކަނި ޖާހަތު ބޮޑުކުރުންކަމަށް ނުދެކުމަކީ އެ ގައުމަކަށް ލިބޭ ވަރަށް ބޮޑު ރައްކާތެރިކަމެއްކަމަށާއި ގައުމެއްގެ ފުލުހުންގެ ޒިންމާއަކީ އެތަނުގައި ހުރި އިދިކޮޅު ލީޑަރުގެ މައްޗަށް މަތި މައްޗަށް ތަހްގީގުކުރުންކަމަށް ވާނަމަ ކަމު ނުދާކަމަށެވެ.

"ބަލާފަ ހޯދާފަ ކުށްވެރިވެފައިވާ މީހުން ހެކިންނަށް ގެނައިމާ ކަމަކު ނުދޭ، ސޯމާލިޔާއާއި އެފްރިކާގެ ގައުމުތަކުގައި ހަރަކާތްތެރިވާގޮތަށް ދިވެހިރާއްޖޭގެ ފުލުހުންގެ މަސައްކަތް އަމާޒު ވީމައި އެ ކަމަކު ނުދޭ، ޕްރޮސެކިއުޓާ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެފައިހުރި ބޭފުޅަކަށްވީމައި ކަމަކު ނުދޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ 2008 ގެ ގާނޫނު އަސާސީ އަކީ ހަމައެކަނި ކަރުދާސްކޮޅަކަށް މިއަދު ވެގެން މިއުޅެނީ ކީއްވެތޯ ސުވާލު އުފެދޭކަމަށާއި ރާއްޖޭގެ މުއައްސާތައް މަސައްކަތް ކުރާ ގޮތް މިއަދު ކަމު ނުދާކަމަށެވެ.

"ދިވެހިރާއްޖޭގައި ބައިވަރު މުއައްސަސާތައް އެބަ ހުރި، ކީއްވެގެންތޯ މި މުއައްސަސާތައް މިއަދު ރައީސުލްޖުމުހުރިއްޔާގެ އޮޅު ޕެޓްތަކަކަށް ވެގެން މިއުޅެނީ، ޕެޓަކަށް ވީމައި ކަމަކު ނުދޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރާ ހިޔާލު ތަފާތުވާ މީހުންނަށް އިރު އިރުކޮޅާ ޗިޓް އަންނަކަމަށާއި ޗިޓް އައިމާ ކޯޓު ލައި ޓައި އަޅައިގެން ކޯޓަށް ދާން ޖެހޭކަން ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

"ސިސްޓަމް އެބަ ހިނގަޔޯ، ސިސްޓަމެއް ނުހިނގާ، ސިސްޓަމް ހިނގާ ނަމަ މަހްލޫފް ނުހުންނާނެ ކެބިނެޓްގައި، ސިސްޓަމް ހިނގާ ނަމަ ތުހުމަތު ކުރެވުނީމައި އައިޝާއެއް އައިމިނާއެއް ނީންނާނެ" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އިންސާފުވެރިކަމާއެކު ވެރިކަމުގެ ސިސްޓަމް ހިނގާނަމަ ތުހުމަތެއް ކުރެވުނީމައި ވަޒީރު ބޭފުޅެއް އެހެން ބޭފުޅެއް ނޯންނާނެކަމަށާއި ގާނޫނު އެންމެންނަށްވެސް ހިނގަން ޖެހޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ