Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

ގިނަ އަދަދެއްގެ މަންދޫބުންނާއެކު އިދިކޮޅުގެ "ހޯޕް ކޮންފަރެންސް" ފަށައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ "ހޯޕް ކޮންފަރެންސް" ގިނަ އަދަދެއްގެ މަންދޫބުންނާއެކު ފަށައިފިއެވެ.

ދަރުބާރުގޭގައި މިއަދު ފެށި ކޮންފަރެންސްގައި 1،000 އެއްހައި މަންދޫބުން ބައިވެރިވާނެކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންގެ އިތުރަށް އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މިއަދުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކޮންފަރެންސް ފެށުމުގެ ގޮތުގެ ދާއިރާގެ ރައީސުންނާއި ނައިބުރައީސުން ޤަރާރެއް ވިދާޅުވެ އެ ޤަރާރުގައި ސޮއިކުރައްވާފައިވެއެވެ.

ކޮންފަރެންސް އިފުތިތާހުކޮށްދެއްވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން އިދިކޮޅު ކޯލިޝަނުގެ މެންބަރުންނަށް ޚާއްޞަ މެސެޖެއް ދެއްވާފައެވެ.

ހުރިހާ ރައްޔިތުންވެސް ތެދުވެރިކަމާއެކު ކެތްތެރިކަން އިސްކޮށްގެން ޤައުމަށްޓަކައި މަސައްކަތްކުރުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނެވި ނަމަވެސް ހުންނެވީ ގަދަކޮށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ