Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ ޕްރައިމަރީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި

ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފިއެވެ.

މްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މުޅީ ޖުމުލަ ލިބިވަޑައިގަތީ 24،566 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 61.1 އިންސައްތައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 38.9 އިންސައްތައެވެ.

ޕްރައިމަރީ އިންތިހާބު ރައީސް އިބްރާހިމް ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނާ ވާދަކުރެއްވި ރައީސް ނަޝީދު އަދި ކެމްޕެއިން ޓީމުން ތުހުމަތުކުރާ ގޮތުގައި އިންތިހާބު ވަނީ ގަޑުބަޑުކޮށް ވޯޓު އޮޅުވާލާފައެވެ. އެގޮތުން އިންތިހާބުގެ ތެރެއިންވެސް ގިނަ މައްސަލަތަކެއް ފެންމަތިވެ، ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.

އިންތިހާބުގެ ތެރެއިން ގިނައިން ދިމާވީ ލިސްޓުގައި ނެތް މީހުން ވޯޓުލީ މައްސަލައާއި ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލާން ދިޔަ މައްސަލަތަކެކެވެ. އެކަންތައް ހޫނުވެ ހަމަނުޖެހުން ހިންގުމުގެ ސަބަބުން ބައެއް ފޮށިތަކަށް ވޯޓުލުން މެދުކަނޑާލަންވެސް ޖެހުނެވެ. އެހެންކަމުން އިންތިހާބުގެ ސައްހަ ކަމާއި މެދު ރައީސް ނަޝީދުގެ ޓީމުން ސުވާލު އުފައްދާފައިވެއެވެ.

ނަމަވެސް ޕްރައިމަރީގެ ކަންކަން ބެލެހެއްޓި އިންތިހާބު ކޮމިޓީން ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ.

މި ލިއުމާއި ގުޅޭ