އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަ ޖައްސައިފިއެވެ.
އުރީދޫއިން މިހާރު ވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން، އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެކަމަށެވެ.
އުރީދޫއިން އިތުރަށް ބުނީ އެކުންފުނިން 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މި މަހުގެ 21 ވަނަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާމުކުރާނެކަމަށެވެ.
މީގެއިތުރުން އެ ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައްވެސް އާންމުކުރާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.