Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

ޤާހިރާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ތިން މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ

މިޞްރުގެ ވެރިރަށް ޤާހިރާގެ އުތުރުގައި ހުންނަ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު މަރުވެ، 32 މީހަކަށް އަނިޔާވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަދުވަހުގައިކަމަށްވެސް އެ މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

ޤާހިރާގެ މަޠަރިއްޔާ ޑިސްޓްރިކްޓުގައި ހުންނަ އެ ހޮސްޕިޓަލަކީ ސަދަގާތުން ހިންގާ ހޮސްޕިޓަލެކެވެ. އަލިފާނުގެ ހާދިސާ ހިނގިކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާން ޙުސާން ޢަބްދުލްޣައްފާރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ރޭޑިއޮލިޖީ ވޯޑުގައެވެ.

އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާހުރެކަން ޙުސާމު ހާމަނުކުރައްވައެވެ. ނަމަވެސް އަލިފާން ނިއްވާ މީހުން އެ އަލިފާން ހަންމަތަކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ޤާހިރާއަކީ 20 މިލިއަނެއްހައި މީހުން ދިރިއުޅޭ ބޮޑު ޝަހަރެކެވެ. އެ ޝަހަރުގެ ރަށްވެހިންގެ ތެރެއިން ވަރަށް ގިނަ މީހުން ދިރިއުޅެނީ ނުރަސްމީ ގެދޮރުގައި ވަރަށް ދެރަވަރު އުމްރާނީ ވަސީލަތްތަކާއެކުއެވެ.

ކަރަންޓު ސާކަޓުތައް ޝޯޓުވެ އަލިފާނުގެ ނުރައްކާތެރި ޙާދިސާތައް ހިނގުމަކީ ޤާހިރާއާއި. 104 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިޞްރުގެ އެހެނިހެން ޝަހަރުތަކާއި އަވަށްތަކުގައި އާންމު ކަމެކެވެ.

ޤާހިރާގައި ހުންނަ ޤިބްޠީ ކުރިސްޓީއަނުންގެ އިމްދަބާ ޗާޗުގައި އަލިފާން ރޯވެ، 41 މީހަކު މަރުވި ހާދިސާއަކީ މިފަހުގެ ތާރީޚުގައި އެ ސިޓީގައި ހިނގި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.

އޮގަސްޓު މަހުގެ 14 ވަނަ ދުވަހުގައި ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ ޗާޗުގެ އެއާ ކޮންޑިޝަނެއްގައި އަލިފާން ހިފައި މުޅި ޗާޗު ދުމުން ފުރުމުންނެވެ. މީހުން ސަލާމަތްކުރާ ފަރާތްތަކަށް އެހިސާބަށް ވާސިލުވެވުމުގެ ކުރިން ގިނަ ބަޔަކު ނޭވާހާސްވެގެން މަރުވީއެވެ.

މި ލިއުމާއި ގުޅޭ