Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

ޖޫރިމަނާ ކޮށްގެން މިހާތަނަށް 6.5 މިލިއަން ހޯދައިފި

2023 ވަނަ އަހަރުގެ ފުރަތަމަ މަސްކަމަށްވާ ނިމިދިޔަ ޖެނުއަރީ މަހުގައި ޖޫރިމަނާކޮށްގެން 6 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ސަރުކާރުން ހޯދައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 6.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާކޮށްގެން ދައުލަތަށް ލިބިފައިވަނީ 10.1 މިލިއަން ރުފިޔާއެވެ. މިއަހަރު އެ އަދަދު މަދުވެފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް މިދިޔަ މަހު 28 ވަނަ ދުވަހު ބޭއްވި އިންތިހާބާއި ދިމާކޮށް ދިވެހި ފުލުހުންގެ ހިދުމަތުން މާލެ ސިޓީގައި ޕާކިން ވައޮލޭޝަން ސްޓިކަރ ޖެހުން އޭރު ވަރަށް ބޮޑަށް މަދުކޮށްފައިވާތީކަމަށް ބެލެވެއެވެ.

ފުރަތަމަ މަހުން 7 މިލިއަނާ ގާތަށް އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަދަދު އެތައް ގުނައަކުން އިތުރުވާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް ލަފާކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖޫރިމަނާކޮށްގެން ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދައެވެ.

މި ލިއުމާއި ގުޅޭ