Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނުގެ ނިޒާމް

މިދިޔަ އަހަރު ނިންމާނެކަމަށް ބުނި ތުލުސްދޫ ފެނުގެ ނިޒާމް ނިންމަން އާ ތާރީޚެއް!

ދައުލަތުގެ ބަޖެޓުން 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ކ. ތުލުސްދޫގައި ގާއިމުކުރަން ބުނި ފެނުގެ ނިޒާމް ނިންމަން ބުނި ތާރީހަކަށް ނުނިންމުނެވެ.

ތުލުސްދޫ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ. އެ މަސައްކަތް ފަށާފައިވަނީ ވެސް އެ ދުވަހުއެވެ.

މުޅި ޖުމުލަ 43,666,700 ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރާ އެ ފެނުގެ ނިޒާމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި 3,955,766 ރުފިޔާ ކަނޑައަޅާފައިވާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގައިވެސް 4,450,237 ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެ މަޝްރޫއަކީ މިދިޔަ އަހަރުގެ ޑިސެމްބަރރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ލަފާކޮށްފައިވާ މަޝްރޫއެކެވެ. އެހެންކަމުން އެ މަސައްކަތް ނިންމުނުތޯ ބަލަން "ދިޔަރެސް"އިން ގުޅުމުން ތުލުސްދޫ ކައުންސިލް މެންބަރު ޔޫޝައު ޖަމީލް ވިދާޅުވީ އެރަށު ފެނުގެ ނިޒާމުގެ މަސައްކަތް އަދި ނުނިންމޭކަމަށެވެ.

ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު ހިމަނާ އައިލްސް ވެބްސައިޓުގައިވާގޮތުން އެ މަސައްކަތް ނިންމޭނެކަމަށް މިހާރު ބުނަނީ އަންނަ އަހަރުގެ މާޗު މަސް ހިސާބުގައިކަމަށެވެ. އެ ވެބްސައިޓުގައި ބުނަނީ މިޅި މަޝްރޫއުގެ 32.3 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މި އަހަރުގެ މާޗު މަސް ތެރޭގައި ތުލުސްދޫ ފެނުގެ ނިޒާމް ނިންމޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެ މަޝްރޫއަށް 2024 ވަނަ އަހަރަށްވެސް ބަޖެޓް ހިމަނާފައިވެއެވެ.

މި ލިއުމާއި ގުޅޭ