Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމަށް ނިންމަވައި، އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ގައިސް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

ބްރޯޑްކޮމްގެ ނައިބުގެ މަގާމަށް ރާއްޖެޓީވީގައި ކުރިން މަސައްކަތް ކުރެއްވި ފަޒީން ވަނީ އައްޔަނުކޮށްފައެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ފެބުރުވަރީ އަށް ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މުއްދަތު އިތުރު ކުރަން ނިންމާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ.

މި ލިއުމާއި ގުޅޭ