Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

"ފިކުރެއްގެ ދިރުން" ގޮފި ހެދުމުގެ މަސައްކަތް ބޮޑުފެންވަޅުގޭގައި ފަށައިފި

އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮފި ހެދުމަށް ރަސްމީ އޮފީސް ބޮޑުފެންވަޅުގޭގައި މަރުކަޒުކޮށް އެތާނގައި ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމާއެކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގައި ހުންނަވައިގެން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ހައްދަވަން ނިންމަވާފައެވެ.

"ފިކުރެއްގެ ދިރުން" ގޮފި ހެދުމުގެ މަސައްކަތް ރަސްމީކޮށް މިހާރު ފަށާފައިވާއިރު "ފިކުރެއްގެ ދިރުން" ހަރަކާތުގެ ރަސްމީ އޮފީސް ގ. ބޮޑުފެންވަޅުގޭގައި ގާއިމުކޮށް އެކަން ރޭ ވަނީ ރައީސް ނަޝީދުގެ ސަޕޯޓަރުންނަށް އަންގަވާފައެވެ.

"ފިކުރެއްގެ ދިރުން" ގޮފީގެ ވަޓްސްއެޕް ގްރޫޕްގައި ރޭ އިއުލާން ކުރިގޮތުގައި މިއަދު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އެ އޮފީސް ގ. ބޮޑުފެންވަޅު ގޭގައި ހުޅުވާފައި ހުންނާނެއެވެ.

އަދި އަލަށް ޕާޓީއަށް ވަންނަ މެންބަރުންނަށް ފޯމް ދޫކުރުމާއި ފޯމް ފުރުމާއި "ފިކުރެއްގެ ދިރުން" ގޮފީގައި ހިމެނުމަށް އެދޭ ފޯމާއި މިވަގުތު އެހެން ގޮތްޕެއްގައި ރަޖިސްޓްރީވެފައިވާ މެންބަރުން އެ ގޮފިން ވަކިކޮށްދޭން އެދޭ ލިޔުން ވެސް ބޮޑުފެންވަޅުގޭ އޮފީހުން ދޫކުރާނެކަމަށް ރައީސް ނަޝީދުގެ ޓީމުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ