Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ތުލުސްދޫގައި ލޯންޗަކުން ޖެހި ފަތުރުވެރިއެއް މަރުވި މައްސަލާގައި މީހަކު ބަންދުކޮށްފި

ކ.ތުލުސްދޫ އިރު-އުތުރުން ސްނޯކުލް ކުރުމަށް ކަނޑަށް ފައިބާ އުޅުނު ފަތުރުވެރިއެއްގެ ގައިގާ ލޯންޗަކުން ޖެހި އޭނާ މަރުވި މައްސަލާގައި ހައްޔަރުކުރި މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ނިމުނު ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ތުލުސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޕޮލޭންޑަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.

ކ.ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ދިޔަރެސް"އަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، ރަށުގެ އިރު-އުތުރު ފަޅަކީ ކޯމަސް ބަލާލަން އެރިލަން ގިނަ ބައެއްގެ މެދުގައި މަޝްހޫރު ހިސާބެކެވެ.

އެ ހިސާބުގެ ފަޅަށް އެރި އުޅެނިކޮށް މަރުވި ފަތުރުވެރިޔާވަނީ، ކޯމަސް ބަލާލުމުގެ ބޭނުމުގައި ސްނޯކަލް ކުރުމަށް ކަނޑައެޅިފައިވާ ހިސާބުން ތަންކޮޅެއް ބޭރަށް ކަނޑަށް ނިކުމެފައެވެ. ފަޅުން ބޭރަށް ކަނޑަށް ނިކުމެގެން އުޅުނު ވަގުތުގައި އެ ހިސާބުން ހުރަސްކޮށްފައިވާ ދިޔަ ލޯންޗެއްގެ ދަށުވެ، އުޅަނދުގެ ބުރަފަތީގައި ޖެހި ގިނަ އަނިޔާތަކެއް ލިބުނެވެ. އަދި، މާގިނަ އިރުތަކެއް ނުވަނީސް މޫދުގަ އޮއްވާ އޭނާވަނީ މަރުވެފައެވެ.
ކަނޑުން ނަގައިގެން ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭނާގެ އެއް އަތް އޮތީ ބުރިވެފައިކަމަށާއި، މޭމައްޗާއި ހަށިގަނޑުގެ އެކިއެކި ހިސާބުތަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް ރަށު ކައުންސިލްގެ ރައީސް ފާހަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފަތުރުވެރިޔާގެ ގައިގާ ޖެހުނު ލޯންޗު ދުއްވަން ހުރި މީހާއެވެ. އުމުރުން 45 އަހަރުގެ އެމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން އެކޯޓުންވަނީ އަމުރު ނެރެފައެވެ.

މި ލިއުމާއި ގުޅޭ