އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިއަންގެ ރޭގަނޑުގެ ދަތުރުތައް މެދުކަނޑައިލާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ 1 މާޗުގެ ފަހަށް ޓިކެޓް ނަގާފައިވާ މީހުން މޯލްޑިވިއަންގެ ކޯލްސެންޓަރު މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖައްސައި ދެވޭނެކަމަށާއި އޭގެސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދޭކަމަށެވެ.
މޯލްޑިވިއަނުން ހަނިމާދޫ އެއާޕޯޓަށް ރޭގނަދޫ ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލާފައިވާއިރު އެ ދަތުރުތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.