Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ކަރަންޓު އުޅަނދު އުފެއްދުމުގެ ޚިޔާލު ސްޓެލްކޯއިން ދޫކޮށްލައިފިން: ޝަރީފު

ކަރަންޓު ކާރު އުފެއްދުމަށް ސްޓެލްކޯއިން ގެންގުޅުނު ޚިޔާލު މިހާރު ދޫކޮށްލާފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޙަސަން މުޣުނީ ވިދާޅުވެފައިވަނީ އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން މަސައްކަތްކުރަމުން އަންނަ ކުންފުނި ކަމަށެވެ.

ރާއްޖެއަކީ ތިމާވެއްޓާ ރަހުމަތްތެރި މަޝްރޫޢުތައް ހިންގުމަށް އިސްކަންދޭ ޤައުމަކަށްވާތީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް އިތުރުކުރުމަށް، ރާއްޖޭގެ މަގުތަކުގައި ދުއްވަން ރައްކާތެރި ގޮތަށް ފަރުމާކޮށްގެން ކަރަންޓު އުޅަނދު އުފައްދަން ނިންމާފައިވާ ކަމަށެވެ.

"އެންމެ ގިނަ އަދަދަކަށް ތިމާވެއްޓާ ރައްޓެހި ނޫން ކެމިކަލްތައް ދޫކުރަނީ ވެހިކަލްތަކުން. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މިކަން ބަދަލުކޮށް އަޅުގަނޑުމެން ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކެއް އެސެމްބަލްކޮށް ރާއްޖޭގެ މާކެޓަށް ނެރުން،" އެއިރު މުޣުނީ ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޣުނީގެ މި ވާހަކަފުޅާ ގުޅޭ ގޮތުން "ދިޔަރެސް"އިން ސުވާލުކުރުމުން ޝަރީފު ވިދާޅުވީ މުޣުނީ ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާ ގުޅޭ ކަންކަން ބެއްލެވިއިރު އެކަންކަމުގައި ކުރެވިފައިހުރީ ހަމައެކަނި ކޮންސެޕްޗުއަލް މަސައްކަތްތަކެއް ކަމަށާއި، އެއްވެސް ޚަރަދެއްކޮށް މަސައްކަތްކުރުމަށް އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށެވެ.

"ކުރީގެ އެމްޑީ މުޣުނީ އިޝާރާތްކުރައްވާފައިވާ ކަންތައްތަކަކީ އަޅުގަނޑު އައިއިރުގައި ކޮންމެވެސް މިންވަރަކަށް މަސައްކަތްތައް ފަށައިގަނެވިފައި ހުއްޓައި ފެނުނު [ކަންކަން]. އެކަމަކު އޭގެ މާނައަކީ ކޮންސެޕްޗުއަލް މަސައްކަތްތަކުގެ ގޮތުގައި ހުރީ. އެއްވެސް ކަހަލަ ޚަރަދެއްކުރެވި އެއްވެސް އެއްޗެއް ގެނެވިފައި ހުރީއެއް ނޫން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވެފައިވަނީ އެ މަސައްކަތަކީ ސްޓެލްކޯއަށް ކުރެވިދާނެ މަސައްކަތެއްތޯ ބެލުމަށްފަހު، އެއީ އެ ކުންފުންޏަށް ކުރެވޭނެ ކަމެއްކަމަށް ނުފެންނާތީ އެ ވިސްނުން މިހާރު އެ ކުންފުނިން ދޫކޮށްލާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ