Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ކޮވިޑުގެ އެންމެ ފަހުގެ ރާޅަށްފަހު ޗައިނާގެ އިޤުތިޞާދު ކުރިއަރަން ފަށައިފި

ކޮވިޑް-19 ބަލިމަޑުކަން ހަންމަތަކުރަން ޗައިނާއިން އަޅާފައިހުރި ފިޔަވަޅުތަކަށް ލުއިދިނުމާއެކު އެ ޤައުމަށް ކުރިމަތިވި ކޮވިޑުގެ ރާޅު އަންދާޒާކުރި ވަރަށްވުރެ އަވަހަށް ފެތުރި ނިމިގެންދިއުމުން ޖަނަވަރީ މަހު ޗައިނާގެ އިޤުތިޞާދީ ހަރަކާތް އަނެއްކާވެސް ކުރިއަރަން ފަށާފައިވާކަން އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ އެތެރޭގެ ޑިމާންޑު ބޮޑުވުމާއި ކޮންޒިއުމަރުން ހޭދަކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އިޤުތިޞާދީ އުފެއްދުންތެރިކަން މަތިވެފައިވާކަން ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތައް ލުއިކުރުމަށްފަހު، ފުރަތަމަ ފަހަރަށް އާންމުކުރި ޝާމިލު ހިސާބުތަކުނން ދައްކާފައިވެއެވެ. އެހެންނަމަވެސް ބޭރުގެ ޑިމާންޑު އަދިވެސް ދަށްވުމުގެ ސަބަބުން ޗައިނާގެ އިޤުތިޞާދަށް ހިރާސްތަކެއް ހުރިކަން އިޤުތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

މުދާ އުފެއްދުމުގެ ހަރަކާތް ވަޒަންކުރުމަށް ބޭނުންކުރާ "އޮފިޝަލް ޕާޗޭސިން މެނޭޖާސް އިންޑެކްސް" ޑިސެންބަރު މަހު 47.0 ޕޮއިންޓުގައި ހުރުމަށްފަހު ޖަނަވަރީ މަހު 50.1 ޕޮއިންޓަށް މަތިވެފައިވާކަން ޗައިނާގެ ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން އަންގާރަދުވަހު ޝާއިއުކުރި ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރަށް ޚިދުމަތްތަކަށް ކޮންޒިއުމަރުން ކުރާ ހޭދަވެސްވަނީ އިތުރުވެފައެވެ. އެގޮތުން ޚިދުމަތްތަކުގެ ސެކްޓަރުގެ ކުރިއެރުން ވަޒަންކުރަން ބޭނުންކުރާ އިންޑެކްސް ޑިސެންބަރު މަހުގައި 41.6 ޕޮއިންޓުގައި ހުރުމަށްފަހު ޖަނަވަރީ 54.4 ޕޮއިންޓަށް މަތިވިއެވެ.

ޖޯންސް ލާން ލަސާލޭގެ ޗީފް އިކޮނޮމިސްޓު ބްރޫސް ޕަންގް ވިދާޅުވި ގޮތުގައި މި ހިސާބުތަކުން ފެންނަނީ ތަކެތި އުފެއްދުމާއި އެތަންތަން ހިންގުމާއި މާކެޓުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ކަމަށެވެ.

އިންޓަރެސްޓު ރޭޓުތައް އުފުލުމުގެ ސަބަބުން ދެނިޔޭގެ ގިނަ އިޤުތިޞާދުތައް ހީނަރުވެ އެކަމުގެ ސަބަބުން ޗައިނާގެ އުފެއްދުންތަކަށް އޮންނަ ބޭރުގެ ޑިމާންޑުވެސް ކުޑަވެފައިވެއެވެ. އެގޮތުން ޗައިނާގެ މުދަލަށް އޮތް ބޭރުގެ ޑިމާންޑު ނިމުނު އަހަރާ އަޅާބަލާއިރު ފާއިތުވި މަހު 9.9 އިންސައްތަ ދަށްވެފައިވެއެވެ.

މި ލިއުމާއި ގުޅޭ