Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންޑިއާ ވެރިންގެ "ހަރުދަނާ ސިޔާސަތުތަކަށް" ރައީސްގެ ހިފެހެއްޓުމެއް ނެތް ތައުރީފު!

އިންޑިޔާގެ އެންމެހާ ކަންކޮޅުތަކުގައި އަދުލުވެރި އަދި ޝާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބެނީ އެގައުމުގެ ގާނޫނުއަސާސީންނާއި، އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެގައުމަށް ތައުރީފު ކުރައްވައިފި އެވެ.

އެ ގައުމުގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް އިންޑިއާގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންބޮޑު ހާލަތްތަކުގައި ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަހުމަތްތެރިޔާއަށް އިންޑިއާ ވެފައިވާ ކަމަށެވެ.
އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން ފާހަގަކޮށް، އިންޑިއާގެ ޖުމްހޫރީ ހަޔާތުން ފެށުނު އައު އަހަރުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާއަކީ އެގައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި ހަމަޖެހުމަށް އެގައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންވެރިކަމާއެކު ދައްކުވައިދީފައިކަމުގައި ވިދާޅުވެ އެކަމަށް ތައުރީފު ކުރެއްވި އެވެ.
އަދި އިންޑިއާގެ ގާނޫނުއަސާސީން ވަނީ އެ ގައުމުގެ ސިޔާދަތާއި، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައިކަމަށާއި އިންޑިއާގެ ކާމިޔާބީގައި އެގައުމުގެ ގާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންޑިޔާގެ އެންމެހައި ކަންކޮޅުތަކެއްގައި، އަދުލުވެރި އަދި ޝާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީވެސް އިންޑިއާގެ ގާނޫނުއަސާސީންނާއި، އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމައުގައި ނަމޫނާ ހަމަކަމެއް ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން މިހާރުވެސް އަންނަނީ ދުނިޔެއަށް ދައްކައިދެމން ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ގާނޫނުއަސާސީއަށާއި އެގައުމުގެ ވެރިންނަށް ރައީސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އިރު، އެގައުމުގައި މުސްލިމުންނާ ދެކޮޅަށް ގިނަ ލާއިންސާނީ އަމަލުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން އެ ގައުމުން މުސްލިމުންނަށް ރަށްވެހިކަން ނުލިބޭ ގޮތަށްވެސް ގާނޫނޫ ވަނީ ފާސްކޮށްފަ އެވެ.
އަދި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޗީފް މިނިސްޓަރުކަމުގައި އިންޑިއާގެ ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގެ ޒިންމާ ސީދާ ގޮތުން މޯދީ ނަގަންޖެހޭކަން އިނގިރޭސި ސަރުކާރުން ހިންގި ތަހުގީގަކަށް ވަނީ ސާބިތުވެފަ އެވެ.
މި ލިއުމާއި ގުޅޭ