Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު އެކައުންޓުތަކުގެ ހިފަހެއްޓުންތައް އުވާލައިފި

ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ބީއެމްއެލްގެ ޑޮލަރު އެކައުންޓުތަކުން ފައިސާ ނަގައި މުއާމަލާތްކުރުމުގައި ބޭންކުން ތަންފީޒުކުރަމުން އައި ހިފަހެއްޓުންތައް އުވައިލުމަށް އެ ބޭންކުން ނިންމައިފިއެވެ.

2020 ވަނަ އަހަރު ކޮވިޑުގެ ތެރޭގައި ކުރިމަތިވި ޑޮލަރުގެ ތާށިކަމާއެކު ޑޮލަރު އެކައުންޓުތަކުން މަހެއްގެ މައްޗަށް 2،000 ޑޮލަރަށްވުރެ އިތުރަށް ފައިސާ ނުނެގޭ ގޮތަށް އަދި އެއަށްވުރެ ބޮޑު އަދަދުތަކުން މުއާމަލާތް ނުހިންގޭ ގޮތަށް ބީއެމްއެލްއިން ހަމަޖެއްސިއެވެ.

ނަމަވެސް މިހާރު އެ ހިފަހެއްޓުންތައް ބޭންކުން އުވާލައިފައިވުމާއެކު، ޑޮލަރު އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް 1،600 ޑޮލަރު ނެގޭނެކަމަށް ބީއެމްއެލްއިން މިއަދު ބުންޏެވެ.

އޭގެ އިތުރަށް ޑެބިޓު ކާޑުގެ އަސާސީ އެކައުންޓެއްގެ ގޮތުގައި ޑޮލަރު އެކައުންޓު ހަމަޖައްސާފައިވާ ކާޑުތައް ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 3،000 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.

އިންޓަނެޓު ބޭންކިންއާއި މޯބައިލް ބޭންކިން މެދުވެރިކޮށް ޑޮލަރު އެކައުންޓުން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހެދޭނެކަމުގައިވެސް އެ ބޭންކުން މިއަދު ބުންޏެވެ.

ޑޮލަރު އެކައުންޓުތަކުން ފައިސާ ނެގުމާއި މުއާމަލާތްކުރުމުގެ ހިފަހެއްޓުންތައް އުވައިލި ނަމަވެސް ދިވެހި ރުފިޔާ އެކައުންޓުތައް އަސާސީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތްކުރުމުގައި ހުރި ހިފަހެއްޓުންތައް އަދި އުވައިނުލައެވެ.

އެގޮތުން ދިވެހިރުފިޔާ ކްރެޑިޓް ކާޑުން މަހެއްގެ މައްޗަށް ހިންގޭނީ 750 ޑޮލަރުގެ މުއާމަލާތެވެ. އަދި ބޭރުގެ އޭޓީއެމްތަކުން ފައިސާވެސް ނެގޭނީ އެ މިންވަރަށެވެ. އަދި ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ބޭރުގައި ނެގޭނީ އަދި މުއާމަލާތްކުރެވޭނީ މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ.

މި ލިއުމާއި ގުޅޭ