Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

ރައީސް ނަޝީދު މިހާރު ކުޅުއްވާ ޑުރާމާގެ ސަބަބުން އެމްޑީޕީ ފަޅައިގެން ހިނގައިދާނެ: ޝަރީފް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތާއީދުނުކުރައްވައި ޕާޓީ ތެރޭގައި ފެކްޝަން ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ޕާޓީ ފަޅައިގެން ހިނގައިދާނެކަމަށް ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ސަނާ ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު ގިނަ މައްސަލަތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން ނިމުނު ޕްރައިމަރީގައި ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ކާމިޔާބަކީ އޮޅުވައިލުމުގެ ތެރެއިން ލިބިވަޑައިގެންނެވި ކާމިޔާބެއްކަމަށާއި، އޮޅުވައިލުންތައް އެއް ފަރާތްކުރުމުން އެމަނިކުފާނަށް ކުރި ލިބިވަޑައިގަންނަވާނީ މަދު ވޯޓުކޮޅެއްގެ ފަރަގުންކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އަދި ނަޝީދުވަނީ ރައީސް އިބްރާހީމަށް ތާއީދުކުރެއްވުމުގެ ބަދަލުގައި ނަޝީދުވަނީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތެއް އެމްޑީޕީ ތެރެއިން ވަކިން ހިންގަވަން ނިންމަވާފައެވެ. އެގޮތުން "ފިކުރެއްގެ ދިރުން" ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރައްވައި 50،000 މީހުން އެ ގޮފިތަކަށް ވައްދަވަން ނަޝީދުވަނީ ނިންމަވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުން ހަރަކާތުން ތާއީދުކުރާނެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުންކަމަށާއި، ތާއީދުކުރާ ކެނޑިޑޭޓު ނިންމުމުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކެނޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅުތައް ޝަރީފު ސިފަކުރެއްވީ ސައްހަ ޕްރައިމަރީއެއްގެ ނަތީޖާ އެކޮޅުކޮޅުން ޖެއްސެވުމަށް ނަޝީދު ކުރައްވާ މަސައްކަތްޕުޅެއްގެ ގޮތުގައެވެ. އަދި އެއީ ޑިމޮކްރެޓިކް ސިޔާސީ ނިޒާމު އެ މައްޗަށް ބިނާވެފައިވާ އުސޫލުތަކާ ޚިލާފު މަސައްކަތްޕުޅެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

އަދި މިހާރު ނަޝީދު ކުޅުއްވަނީ ޑުރާމާއެއްކަމަށާއި އެކަމުގެ ސަބަބުން އެމްޑީޕީ ފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން ޑީއާރުޕީގެ ޒައީމް ޑީއާރުޕީ ފެކްޝަން ވަކިވުމާއި، ޕީޕީއެމުން އެމްއާރުއެމް ވަކިވުމުން ބޮޑު އެއް ޕާޓީ ވަރުގަދަކޮށް ދެމިއޮތްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ޕާޓީއެއް ގޮވުމަށްފަހު ނުވަތަ ބައިބައިވުމަށްފަހު ބާރުގަދަކޮށް ބަދަހިކޮށް އޮންނާނީ އެއިރެއްގައި ބާރުގައި އޮތް ފަޅިއެއްކަމުގެ ސާފު ހެއްކަކީ ޕީޕީއެމް ކަމަށެވެ.

ޕާޓީގެ ތެރޭގައި ބޮޑު ބާރެއްކަމަށްވާ ނަޝީދު އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރައްވައި ނަތީޖާއާމެދު އިތުރުފުޅުހެއްދެވުމުގެ ސަބަބުން އެމްޑީޕީ ތެރެ ފަޅައިގެން ދިއުމަކީ ނުވެނުދާނެކަމަކަށް ވެފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޝަރީފު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ވިސްނިވަޑައިނުގަންނަވާ ކަމަކީ އެމްޑީޕީގެ އެތެރެ ފަޅައިގެން ގޮސް ގޮވުމަކީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނިމުމަކަށް އައުންކަން ކަމަށެވެ.

މި ލިއުމާއި ގުޅޭ