Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސްލޫކީ މައްސަލައެއް ބަލަން ނިންމައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސްލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީއިން ބުނީ މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ފަސް ވަނަ ޖަލްސާގައި ކަމަށެވެ.

އެގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ބަލަން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައެއްގައި އެ ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.

އެޝަކުވާގައި ބުނެފައިވަނީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް އަލްއުސްތާޛު ޢަލީ އާދަމް ޢަމަލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 2023 ޖަނަވަރީ 18 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 5 ވަނަ ޖަލްސާގައި ނިންމާ ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ