Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

އެމް.އެން.ޑީ.އެފުން ހަތިޔާރާއެކު އަސްކަރީ ތަމްރީނުތަކެއް ފަށައިފި

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

އެމްއެންޑޫއެފުން ބުނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ފެބްރުވަރީ 01 އިން 09 އަށެވެ.

މި ތަމްރީނުތަަކުގައި މާލެ އާއި ހުޅުމާލެ ފޭސް 01 އަދި 02 ގެ އެކިއެކި ލޮކޭޝަންތަކުގައި ޙަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މިޙަރަކާތްތަކުގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވާނެ ކަމަށެވެ.

ނިމިދިޔަ އަހަރު އިންޑިއާ ސިފައިންނާއެކު ދެފަހަރެއްގެ މަތިން އެމްއެންޑީއެފުން ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ލިއުމާއި ގުޅޭ