Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލިގެން ހޯދާ މީހެއް

ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ދިވެއްސަކު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. ތުލުސްދޫ އަށް ނިސްބަތްވާ މަހުދީ ކިޔާ ޒުވާނެކެވެ. "ދިޔަރެސް"އަށް މައުލޫމާތު ދެމުން މަހުދީގެ ދައްތަ އާމިނަތު އަރްޝީ ބުނީ އޭނާގެ ކޮއްކޮ އަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެކެވެ.

މަހުދީ ގެއްލިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލް ކައިރިން ކަމަށް އަރްޝީ ކިޔައިދިނެވެ. އަރްޝީ ބުނީ އޭނާގެ ކޮއްކޮ މަހުދީ އަށް ދޭތެރެ ދޭތެރެއިން އެޓޭކް އަންނަ ކަމަށެވެ.

އެގޮތުން ކުއްލިއަކަށް ރުޅިގަދަވެ ރުޅި ކޮންޓްރޯލް ނުކުރެވި އުޅޭ ކަމަށެވެ. މިއަދު ވެސް އެފަދަ އެޓޭކެއް އައިސް ޑޮކްޓަރާދޭތެރޭ ހިތްހަމަ ނުޖެހިގެން، ޑޮކްޓަރާއި ޒުވާބުކޮށް ބޭރަށް ނިކުތް ގޮތަށް ކޮއްކޮގެ ޚަބަރެއް ނުވާކަމަށެވެ.

މަހުދީ ޑޮކްޓަރަށް ދައްކަން ގޮވައިގެން ދިޔައީ މަހުދީގެ ބައްޕަ އާއި ބޭބެ ކަމަށް އަރްޝީ ކިޔައިދިނެވެ. މަހުދީ އިންޑިއާ އަށް ދިޔައީ މުޅިން އަލަށް ކަމަށާއި އޭނާ އަށް ވީގޮތް ނޭނގިގެން އާއިލާއިން ވަރަށް ކަންބޮޑުވެފައިތިބި ކަމަށް އަރްޝީ ބުންޏެވެ.

މަހުދީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިއްޖެނަމަ، މަހުދީގެ ދައްތަ 7971667 އާމިނަތު އަރުޝީ އަށް އަންގައި ދިނުމަށް އޭނާ ވަނީ އެދިފައެވެ.

މި ލިއުމާއި ގުޅޭ