Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

އުންމީދަކީ މާޗު މަހުގެ ނިިޔަލަށް ރައީސް ޔާމީން މިނިވަންވުން: ވަކީލުން

ފާއިތުވި ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހިނގަންވާ ގޮތަށް ސިޔާސީ ނުފޫޒުތަކެއް ނުފޯރައި ކުރިއަށް ގޮސްފިނަމަ އަންނަ މާޗު މަހުގައި އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެތޯ ނޫސްވެރިޔަކު މިއަދު ސުވާލުކުރުމުން ޑރ.ޖަމީލު ވިދާޅުވީ އިސްތިއުނާފު މަރުހަލާގެ ޝަރީޢަތާއި، ދަށު ކޯޓު މަރުހަލާގެ ޝަރީޢަތް މުޅިން ތަފާތުވާނެ ކަމަށެވެ. އިސްތިއުނާފު މަރުހަލާގެ ޝަރީޢަތްތައް ކުރިއަށްގެންދާނީ ވަރަށް ހަލުއިކޮށްކަން ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

"އިސްތިއުނާފު މަރުހަލާއަކީ ޓްރަޔަލް ކޯޓުގެ މަރުހަލާއާ ތަފާތު މަރުހަލާއެއް. ޓްރަޔަލް ކޯޓުގައި މި ވަގުތު ނަގަނީ ދެއްތޯ؟ ހެކިންގެ ހެކިބަސް ނަގައި ހެކިންނާ ސުވާލުކޮށް މިކަންކަން ހިނގާނީ ޓްރަޔަލް ކޯޓެއްގައި. އިސްތިއުނާފު ކޯޓެއްގައި މަސައްކަތް ހިނގާނީ ޑެސްކެއްގައި އެހެންވީމާ އަވަސްވާނެ،" ޑރ.ޖަމީލު ވިދާޅުވިއެވެ.

އިސްތިއުނާފުގެ މަރުހަލާގައި މައިގަނޑު އަސާސަކީ ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުކަން ފާހަގަކުރައްވައި ޑރ.ޖަމީލު ވިދާޅުވީ، އެ މަރުހަލާގައި ކޯޓުގައި ހުށަހަޅާ ހުށަހެޅުންތައްވެސް ވީހާވެސް ކުރުކޮށް އަވަސްކޮށް ގެންދަން ފަނޑިޔާރުން އެދިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ޑރ.ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގައި އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް އާންމުކޮށް ދެތިން އަޑުއެހުމަށްވުރެ ދިގުނުވާކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން އުންމީދުކުރަން ވަރަށް ތެދަށް ދަންނަވާނަމަ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް،" ޑރ.ޖަމީލު ވިދާޅުވިއެވެ.

މިހާރު ހައިކޯޓުގައި އޮތް މައްސަލަ ކާމިޔާބުވާނެތޯ ކުރެވޭ ސުވާލަށް ޖަވާބުދެއްވަމުން ޑރ.ޖަމީލު ވިދާޅުވީ އާރަށު މައްސަލަ ދިރާސާކުރުމުން، ވަރަށް ގިނަ ގޯސްތައް ފާހަގަވާ ކަމަށެވެ. އެގޮތުން ދައުވާ ސާބިތުކުރުމަކީ ޖިނާއީ މައްސަލަތަކުގައި ޕްރޮސެކިއުޝަނުގެ ޒިންމާއެއްކަމަށްވީ ނަމަވެސް މި މައްސަލަ ބެއްލެވި ޤާޟީ އޮތީ މައުސޫމުކަން ސާބިތުކޮށްދިނުން ދިފާއަށް މަތިކޮށްފައި ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޑރ.ޖަމީލު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އަސާސީ އުސޫލަކީ ކޮންމެ މީހަކީ މައުސޫމު މީހެއްކަމަށް ބެލުން ކަމަށެވެ. އަދި ޝައްކުގެ ފައިދާ މުއްތަހަމަށް ލިބުމަކީވެސް އެފަދަ އުސޫލެއްކަމަށް ވިދާޅުވެ ޖަމީލު ފާހަގަކުރެއްވީ މި މައްސަލާގައި ހުކުމްކޮށްފައިވަނީ މުއްތަހަމަކީ ކުށްވެރިއެއްކަމަށް ބަލައިގެން، މުއްތަހަމަށް ޝައްކުން ލިބޭ ހުރިހާ ފައިދާއެއް އެކަހެރިކޮށްގެން ކަމަށެވެ.

"މި މައްސަލާގައި [ހުކުމްކޮށްފައިވަނީ] ޤާނޫނީ ހުރިހާ ޤަވާއިދުތަކާ ޚިލާފަށް ގޯސްކޮށް. ސުޕްރީމް ކޯޓުން އަޅުގަނޑުމެން ކާމިޔާބުކުރި ވޮޑަމުއްލާ މައްސަލައާ އެއްގޮތަށް ފަނޑިޔާރުގެ ވަރަށް ގިނަ އުފެއްދުންތައް އެބަހުރި،" ޑރ.ޖަމީލު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ