Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލަމަފޯބިއާ

މުސްލިމުން މެރުން އިތުރުކޮށް އެމީހުންނަށް އަނިޔާވެރިވުމަށް ހިންދޫންގެ ޖަލްސާއެއްގައި ގޮވާލައިފި

ޓެލެންގަނާގެ ގާނޫނު ހަދާ ކޮމިޓީގެ މެމްބަރެއް އަދި ހިންދުތުވާގެ އިސްވެރިއެއް ކަމަށްވާ ރާޖާ ސިންގް މުސްލިމުން މަރާ އެމީހުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ފުޅާކޮށް ހިންގުމަށް ގޮވާލައިފިއެވެ.

10،000 މީހުން ބައިވެރިވި މުމްބާއިގެ މަހަރާސްތުރާގައި ބޭއްވި ހިންދޫ ޖާން އަކްރޯޝް މޮރްޗާ ހަރަކާތުގައި ސިންގްގެ އިތުރުން އެހެން ހިންދުތުވާ އިސްވެރިންވަނީ ވާހަކަ ދައްކާ، މުސްލިމުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރިކަމަށް އެއްބާރުލުންދީ، އެކަންކަން ފުޅާކޮށް ކުރުމަށް ގޮވާލާ، އަދި އިންޑިއާގައި ދިރުއުޅޭ މުސްލިމުން މެރުމަށް ގޮވާލާފައެވެ.

އެގޮތުން، ހިންދުތުވާގެ އެއް އިސްވެރިއެއް ކަމަށްވާ ސަކްޝީ ގައިކްވާދުވަނީ މުސްލިމުންނަކީ "ކަތިލާން ތައްޔާރުކޮށްފައިވާ ކަންބަޅިތަކެއް"ކަމަށް ބުނެ، މުސްލިމުން މެރުމަށް ގޮވާލާފައެވެ.

އިންޑިއާގެ އެންމެ ބޮޑު ބައި މަދު މީހުންނަކީ މުސްލިމުންނެވެ. ޒަމާނުއްސުރެން އިންޑިއާގެ ހިންދޫން އަންނަނީ މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާ، އެމީހުންނަށް އެގައުމުގައި ދިރިއުޅެން ދަތިކޮށްފައެވެ. މިކަންތަކައް އެންމެ ބޮޑަށް އެއްބާރުލުން ދެނީ އިންޑިއާގެ ސަރުކާރުންނެވެ.

އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު، ނަރެންދުރާ މޯދީ އަކީ މުސްލިމުންނަށް ހިންދޫ މީހުން ކުރާ ގިނަ އަނިޔާތަކަށް އެއްބާރުލުންދޭ މީހެކެވެ. ބީބީސީއިން މިފަހުން ނެރުނު މޯދީއާއި ބެހޭ ޑޮކިއުމެންޓަރީއަކީވެސް އޭނާގެ ނުބައިކަމަށް އަލިއަޅުވާލާ ފިލްމެކެވެ. އިންޑިއާގެ ސަރުކާރުން އެފިލްމް އާންމުކޮށް ދެއްކުމަށް ގިނަގުނަ މަސައްކަތެއް ކުރާ ޑޮކިއުމެންޓަރީއިން ދައްކައިދެނީ، 2002ގައި އިންޑިއާގެ ގުޖުރާތުގައި ހިންގި މުޒާހަރާތަކުގައި، މުސްލިމުންނާއި ދެކޮޅަށް ހިންދޫ މީހުން ކުރި އަނިޔާތަކަށް މޯދީ އެއްބާރުލުންދީ، ފުލުހުންގެ ފަރާތުން އެ ކަންކަން ނުހުއްޓުވާ، މުސްލިމުން މަރަން ހިންދޫ މީހުންނަށް ދޫކޮށްލުމަށް އަމުރުކުރާ މަންޒަރެވެ.

2002ގެ މުޒާހަރާއާއި ހަމަނުޖެހުންތަކުގައި 1000އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެން ގިނައީ މުސްލިމުންނެވެ. މީގެ އިތުރުން، އެ ނުރައްކާތެރި މުޒާހަރާތަކުގައި ހިންދޫ މީހުންވަނީ ގިނަ މުސްލިމް އަންހެނުންތަކެއް ހައްޔަރުކޮށް، މަތިމަތިން ރޭޕުކޮށްފައެވެ.

މިއަދު އިންޑިއާގެ ސަރުކާރުގެ އަސާސަކަށް ވެފައިވަނީ، މުސްލިމް ރައްޔިތުން އުޅޭ ހިސާބުތަކުން އެމީހުން "ސާފު" ކުރުމަށެވެ. އިހު ޒަމާނުއްސުރެން އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ހިންދޫ މީހުންގެ އަމަލުތައް ހުންނަނީ ވަރަށްވެސް އިހާނެތި، އަދި އަނިޔާވެރިކޮށެވެ.
މި ލިއުމާއި ގުޅޭ