Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ދިވެހި ފުލުހުންގެ ނިތްކުރީ ތިލާކާ ޖެހި މައްސަލައިގައި ފުލުހުން ހަނު!

އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ދިޔަ ދިވެހި ފުލުހުންތަކެއް ހިންދޫ ދީނުގެ އިއުތިގާދާ ގުޅިފައިވާ ތިލާކާ ނުވަތަ ތިލާކް ތިކި އެމީހުންގެ ނިތްކުރީގައި ޖެހި މައްސަލައިގައި ފުލުހުން ޖަވާބެއް ނުދިނެވެ.

އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ގޮސް ތިބި ފުލުހުންގެ ޓްރެއިނިން އިންސްޓްރަކްޓަރުން ނިތްކުރީގައި މިތިކި ޖަހައިގެން ތިބި ފޮޓޯތައް އާންމުވެފައިވެ އެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ "ދިޔަރެސް" އިމް ފުލުހުންގެ މީޑިއާ ގުރޫޕުގައި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އެ ފުލުސް އިންސްޓްރަކްޓަރުންނަކީ އިންޑިއާއިން އައްޑޫގައި އެޅި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓެގައި މަސައްކަތްކުރާ ފުލުހުންނެވެ. އެމީހުން އިންޑިއާއަށް ގޮސްފައިވަނީ އެ ގައުމުގެ ރަޝްތުރިޔާ ރަކްޝާ ޔުނިވާސިޓީގައި ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމަށެވެ. މި ދަތުރުގައި ޖުމްލަ 15 ފުލުހުން ބައިވެރިވާކަމަށް އެ ކޮލެޖުން ބުނެފައިވެ އެވެ.

ތިލާކާ ތިއްކަކީ ހިންދޫ ފިރިހެނުންނާއި އަންހެނުން ހާއްސަ މުނާސަބަތުތަކާ ދިމާކޮށް އެމީހުންގެ ނިތްކުރީގައި ޖަހާ ރަތްކުލައިގެ ތިއްކެކެވެ. ހިންދޫ ދީނުގެ ބައެއް މަޒުހަބުތަކުގެ މީހުން ތިލާކާގެ ގޮތުގައި ނިތްކުރީގައި ތިން ރޮނގު ހުރަހަށް ކުރަހައެވެ. އަނެއްބައި މީހުން ޖަހަނީ ދެބުމަ ދޭތެރޭގައި އެންމެ ތިއްކެކެވެ.

ހިންދޫ ދީނުގައި ނިތްކުރީގެ ދެބުމަ ދޭތެރެއަކީ ހާއްސަ "ޗަކްރާއެއް" އެކުލެވޭ ތަނެކެވެ. އެދީނުގެ މީހުން ޤަބޫލުކުރާ ގޮތުގައި އެއީ ފުރިހަމަ ހިކުމަތް އެތަނެއްގައި އެކުލެވިފައިވާ ތަނެވެ. ތިލާކާ ތިއްކަކީ އެ ގަބޫލުކުރުމުގެ މައްޗަށް ބިނާވެފައިވާ ހިންދޫ ދީނުގެ ރަމްޒެކެވެ

ތިލާކާ ތިކި ރަތްކުލައިން ޖަހާ ސަބަބެއްކަމަށް ހިންދޫ ދީނުގެ މީހުން ގަބޫލުުކުރަނީ އެ ކުލައަކީ މާސްގެ ކުލައަކީ ރަތްކަމަށްވާތީއެވެ. އަދި މާސްއަކީ ހިންދޫ ދީނުގައި އަޅުކަންކުރާ ގުރަހައެކެވެ. އެ ތިކި ރަމްޒުކުރަނީ ހިންދޫ ދީނުގައި އެ ގުރަހައިގެ ބާރެވެ.

ހިންދޫ ދީނުގެ މައުލޫމާތު އާންމުކުރާ ވެބްސައިޓުތަކުގައި ބުނެފައިވާ ގޮތުގައި ތިލާކު ތިކި ޖެހުމަކީ އެތައް އަހަރެއްވެފައިވާ "ރިޗުއަލް"އެއް ނުވަތަ އަޅުކަމެކެވެ. އަދި ނިތްކުރިން ތިލާކު ފެނުމަކީ ހިންދޫދީނުގެ މީހުން ވަކިކުރުވަނިވި އަސާސީ ސިފައެއްކަމަށްވެސް އެވެބްސައިޓުގައި ބުނެފައިވެއެވެ. އަދި މިހާރު ތިލާކަކީ އެމީހެއްގެ އިއުތިގާދާއި އަޅުކަންކުރާ ކަލާނގެ ވަކިކުރުމަށް ބޭނުންކުރާ ރަމްޒެއްކަމަށް އެ ވެބްސައިޓުތަކުގައި ބުނެފައިވެ އެވެ.

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެހެން ދީނުތަކުގެ ރަމްޒުތަކާއި އަޅުކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެހެން ދީންތަކުގެ މީހުންނާ އެއްގޮތްވުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ.
މި ލިއުމާއި ގުޅޭ