Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލަމަފޯބިއާ

ގުރުއާން ހަތިމެއްގައި ރޯކޮށްލުމަށް އެއްވެސް ހާލަތެއްގައި ހުއްދައެއް ނުދޭނެކަމަށް ފިންލޭންޑްގެ ފުލުހުން ބުނެފި

ކީރިތި ގުރުއާނުގެ ފޮތެއް ރޯކޮށްލުމުގެ ހުއްދައެއް އެއްވެސް ހާލަތެއްގައި ނުދޭނެކަމަށް ފިންލޭންޑްގެ ގައުމީ ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ގުރުއާން ހަތިމެއްގައި ރޯކޮށްލުމަކީ ދީނީ ސުލްހަމަސަލަސްކަމަށް ފުށުއަރާނެ ކަމެއްކަމަށް ބުނެ، އެ ފަދަ އަމަލެއް ހިންގަން އުޅޭ މީހުންނަށް ހުރަސްއަޅާ އެކަން ވަގުތުން ހުއްޓުވާނެކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން، ކޮންމެ ދީނެއްވިޔަސް، އެ ދީނަށް ތަބާވާ މީހުންގެ ހިތުގައި މުހިއްމު ކަމަށް ބެލެވޭ އެއްވެސް ފޮތެއްގައި ރޯކުރުމަކީ، ނުވަތަ އެހެނިހެން ގެއްލުމެއް ދިނުމަކީ މަނާކަމެއްކަމަށްވަނީ އެ އިދާރާއިން ބުންޏެވެ.

މިފަހުން ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވަނީ ގުރުއާން ފޮތުގައި ރޯކޮށްލައި އަންދާލުމުގެ ނުބައި އަމަލުތަކެއް ހިންގާފައެވެ. މީގެ އެއް މިސާލަކީ ސްވީޑެންގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީގައި ހަރުކަށި ކަނާތު-ފިޔައިގެ ޕާޓީއެއް ކަމަށްވާ ސްޓްރާމް ކާސްގެ ލީޑަރު ރަސްމުސް ޕަލޫޑަން ގުރުއާން ހަތިމެއްގައި ރޯކޮށްލުމެވެ. އެ އަމަލު ހިންގައިފާވަނީ ފުލުހުންގެ ހިމާޔަތުގެ ދަށުގައެވެ.

ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ގުރުއާން ފޮތެއްގައި ރޯކޮށްލުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއްކަމަށް ސްވީޑެންގެ ހާރިޒީ ވުޒާރާއިންވެސްވަނީ ބުނެފައެވެ.

"(ސްވީޑެންގެ) ސަރުކާރަށް ވަރަށް ރަނގަޅަށް ވިސްނޭ އެއްވެސް ދީނެއްގެ މާތް ފޮތެއްގައި ރޯކޮށްލީމަ އެ ދީނަށް ތަބާވާ މީހުންގެ ހިތުގައި އުފެދޭނެ ނަފްރަތު. ގާނޫނު ހުއްދަކުރާ ކޮންމެ ކަމަކީ ކޮންމެހެން ކުރަން ރަނގަޅުކަމެއް ނޫން"، މިނިސްޓްރީއިން ބުނެފައިވެއެވެ.

އޭނާވަނީ މިދިޔަ ހުކުރު ދުވަހުގައިވެސް ޑެންމާކްގައި އިންނަ މިސްކިތެއް ކުރިމަތީގައި ގުރުއާން ހަތިމެއް ރޯކޮށްލާފައެވެ.
މިއަމަލުތައް ހިންގުމާއި ގުޅިގެން، އަދި އެ އަމަލުތައް ހިންގުމަށް ހުއްދަ ދިނުމާއި ގުޅިގެން ގިނަ މުސްލިމް ގައުމުތަކުންވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ.
ގުރުއާން ފޮތުގައި ރޯކޮށްލި ހަރުކަށި ފިކުރުގެ ޕަލޫޑަންވަނީ، ނޭޓޯގެ އިއްތިހާދުގައި ސްވީޑެން ނުހިމަނާ ފާއިތުވާ ކޮންމެ ހުކުރު ދުވަހެއްގައި ގުރުއާން ފޮތެއް ރޯކޮށްލާނެކަމުގެ އިންޒާރު ދީފައެވެ.
މި ލިއުމާއި ގުޅޭ