Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހުމަދު ސިޔާމް

މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވާ ކުންފުނިތަކުގެ އޯނަރު ސަން ސިޔާމާ ރައީސް ބައްދަލުކުރައްވައިފި

ރ.ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުގެ ފަރާތުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައިވާ ކުންފުނިތައްކަމަށްވާ ސަން ގުރޫޕުގެ ކުންފުނިތަކުގެ އޯނަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަށްފަހު ސިޔާމު ރައީސް އޮފީހުން ނިކުމެވަޑައިގެންނެވި ވަގުތު އޭނާގެ އަރިހުގައި ރައީސް އިބްރާހީމު އެންމެ އިތުބާރުކުރައްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހުންނަވަނިކޮށް ބައެއް ނޫސްވެރިންނަށް ފެނިފައިވެއެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އޮފިޝަލަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބައްދަލުވުމަކީ ރައީސް އިބްރާހީމުގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތަފުސީލު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ސިޔާސީ މަޝްވަރާ ބައްދަލުވުމެއްކަމަށް ބެލެވޭކަމަށް މައުލޫމާތު ދެއްވިއެވެ.

ރައީސް އިބްރާހީމު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުވާނީ ކޯލިޝަނެއް ހަދައިގެންކަމަށެވެ. ސަން ސިޔާމަކީ އޭނާގެ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސްގެ ފަރާތުން ރިޔާސީ އިންތިިޚާބަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި ބޭފުޅެކެވެ. އެހެންކަމުން އެ ބޭފުޅުންގެ މެދުގައި ކޯލިޝަނުގެ މަޝްވަރާތައް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަން ސިޔާމުގެ ކުންފުނިތަކެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ދައުވާކުރީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ ފުއްގިރި މައްސަލައިގެ ތެރެއިންނެވެ. އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާފައި އޮތުމަށްފަހު އިއްޔެ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވެއެވެ. ކުރިން އެ މައްސަލަ ބެއްލެވި، އަދި އެ މައްސަލައިގެ މާ ފަހުން ހުށަހެޅި ވ.އާރަށް މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެި ޤާޟީ އަޙްމަދު ޝަކީލު މައްސަލައިން ތަނާޒުލުވެވަޑައިގެންފައިވެއެވެ.

މިހާރު އެ މައްސަލަ ކުރިއަށްގެންދަވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުރިކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ޤާނޫނީ ވަކީލުކަން ކުރެއްވި ޤާޟީ އަލީ ނަދީމެވެ.

މި ލިއުމާއި ގުޅޭ