Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިންދޫ ދީން

އިންޑިއާގައި ތަމްރީނު ހަދާ ދިވެހި ފުލުހުންގެ ހިންދޫ ދީނުގެ ރަމްޒެއްކަމަށްވާ ތިލާކާ ނިތްކުރީ ޖަހައިފި

އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ދިޔަ ދިވެހި ފުލުހުންތަކެއް ހިންދޫ ދީނުގެ އިއުތިޤާދާ ގުޅިފައިވާ ތިލާކާ ނުވަތަ ތިލާކް ތިކި އެމީހުންގެ ނިތްކުރީގައި ޖަހައިފިއެވެ.

ތިލާކާ ތިއްކަކީ ހިންދޫ ފިރިހެނުންނާއި އަންހެނުން ޚާއްޞަ މުނާސަބަތުތަކާ ދިމާކޮށް އެމީހުންގެ ނިތްކުރީގައި ޖަހާ ރަތްކުލައިގެ ތިއްކެކެވެ. ހިންދޫ ދީނުގެ ބައެއް މަޒުހަބުތަކުގެ މީހުން ތިލާކާގެ ގޮތުގައި ނިތްކުރީގައި ތިން ރޮނގު ހުރަހަށް ކުރަހައެވެ. އަނެއްބައި މީހުން ޖަހަނީ ދެބުމަ ދޭތެރޭގައި އެންމެ ތިއްކެކެވެ.

ހިންދޫ ދީނުގައި ނިތްކުރީގެ ދެބުމަ ދޭތެރެއަކީ ޚާއްޞަ "ޗަކްރާއެއް" އެކުލެވޭ ތަނެކެވެ. އެދީނުގެ މީހުން ޤަބޫލުކުރާ ގޮތުގައި އެއީ ފުރިހަމަ ހިކުމަތް އެތަނެއްގައި އެކުލެވިފައިވާ ތަނެވެ. ތިލާކާ ތިއްކަކީ އެ ޤަބޫލުކުރުމުގެ މައްޗަށް ބިނާވެފައިވާ ހިންދޫ ދީނުގެ ރަމްޒެކެވެ.

އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ގޮސް ތިބި ފުލުހުންގެ ޓްރެއިނިން އިންސްޓްރަކްޓަރުން ނިތްކުރީގައި މިތިކި ޖަހައިގެން ތިބި ފޮޓޯތައް އާންމުވެފައިވެއެވެ.

މި ފުލުސް އިންސްޓްރަކްޓަރުންނަކީ އިންޑިއާއިން އައްޑޫގައި އެޅި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓެގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ފުލުހުން އިންޑިއާއަށް ގޮސްފައިވަނީ އެ ޤައުމުގެ ރަޝްތުރިޔާ ރަކްޝާ ޔުނިވާސިޓީގައި ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމަށެވެ. މި ދަތުރުގައި ޖުމްލަ 15 ފުލުހުން ބައިވެރިވާކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.

ތިލާކާ ތިކި ރަތްކުލައިން ޖަހާ ސަބަބެއްކަމަށް ހިންދޫ ދީނުގެ މީހުން ޤަބޫލުުކުރަނީ އެ ކުލައަކީ މާސްގެ ކުލައަކީ ރަތްކަމަށްވާތީއެވެ. އަދި މާސްއަކީ ހިންދޫ ދީނުގައި އަޅުކަންކުރާ ގުރަހައެކެވެ. އެ ތިކި ރަމްޒުކުރަނީ ހިންދޫ ދީނުގައި އެ ގުރަހައިގެ ބާރެވެ.

ހިންދޫ ދީނުގެ މައުލޫމާތު އާންމުކުރާ ވެބްސައިޓުތަކުގައި ބުނެފައިވާ ގޮތުގައި ތިލާކު ތިކި ޖެހުމަކީ އެތައް އަހަރެއްވެފައިވާ "ރިޗުއަލް"އެއް ނުވަތަ އަޅުކަމެކެވެ. އަދި ނިތްކުރިން ތިލާކު ފެނުމަކީ ހިންދޫދީނުގެ މީހުން ވަކިކުރުވަނިވި އަސާސީ ސިފައެއްކަމަށްވެސް އެވެބްސައިޓުގައި ބުނެފައިވެއެވެ. އަދި މިހާރު ތިލާކަކީ އެމީހެއްގެ އިއުތިގާދާއި އަޅުކަންކުރާ ކަލާނގެ ވަކިކުރުމަށް ބޭނުންކުރާ ރަމްޒެއްކަމަށް އެ ވެބްސައިޓުތަކުގައި ބުނެފައިވެއެވެ.

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެހެން ދީނުތަކުގެ ރަމްޒުތަކާއި އަޅުކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެހެން ދީންތަކުގެ މީހުންނާ އެއްގޮތްވުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ.

މި ލިއުމާއި ގުޅޭ