Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޝައިޚް އާދަމް ނިޝާން

ޝައިޚު ނިޝާނާއި ޝައިޚް ފަޒްލޫނުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

2022 ވަނަ އަހަރުގެ ދުނިޔޭގެ ޔޯގާ ދުވަހުގައި ހިނގި ހަމަނުޖެހުންތަކާ ގުޅުވައިގެން ހައްޔަރުކުރި ޝައިޚް އާދަމް ނިޝާންއާއި ޝައިޚް ފަޟްލޫން މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ފާއިތުވި އަހަރު ޔޯގާ ދުވަހުގައި ގަލޮޅު ދަނޑުގައި އިންޑިއާ ހައިކޮމިޝަނާއި، ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ޔޯގާ ހެދުމުގެ ހަރަކާތަކާ ދެކޮޅަށް އާންމުންގެ ބަޔަކު އަޑުއުފުލަން އެއްވުމުން އެތަނަށް ޝައިޚު ނިޝާނާއި ޝައިޚް ފަޟްލޫން ވަޑައިގަތެވެ.

އެތަނުގައި ދެ ބޭފުޅުން ވާހަކަދެއްކެވި ނަމަވެސް އެތަނުގައި އެއްވެ ތިބި މީހުން ފުލުހުންގެ ސަފުތައް ފޫއަޅުވައިލާ ގަލޮޅު ދަނޑަށް ވަންނަން އުޅުނު ވަގުތުގައި ޝައިޚް ނިޝާނުވަނީ ސުލްހަވެރިކަން އިސްކޮށް ހަމަނުޖެހުން ނުހިންގުމަށް އިލްތިމާސްކުރައްވާފައެވެ.

އެ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ދެ ޝައިޚުން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ބަންދުގައި ގެންގުޅުމަށްފަހު ކޯޓުން ދެ ޝައިޚުން ދޫކޮށްލިއެވެ. އޭގެ ފަހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ދެ ޝައިޚުންގެ މައްޗަށް ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޝައިޚް ފަޟުލޫނާއި ޝައިޚް ނިޝާނަށް ކޯޓުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން އެ ދެ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުމެއް މާދަމާ ކުރިމިނަލް ކޯޓުގައި އޮންނާނެއެވެ. އެ އަޑުއެހުން އޮންނާނީ ހެނދުނު 9 ޖަހާއިރުއެވެ.

މި މައްސަލާގައި ފަޟްލޫނާއި ނިޝާނުގެ އިތުރަށްވެސް ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ބޮޑެތި ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކޯޓުގައި އުފުލާފައިވެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ކޮންމެވެސް ބަޔަކަށް ބޮޑު އަދަބުތަކެއް ދިނުމަށް އިންޑިއާއިން ދިވެހި ސަރުކާރުގައި އެދިފައިވާކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކުރިން މައުލޫމާތު ދެއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ