Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

މޭވާ ޖޫސް: ހީކުރާވަރަށްވުރެ ގެއްލުން ބޮޑު

މޭވާގެ ޖޫސްތައް އަބަދުވެސް ފެންނަނީ ހަކުރުލީ ޖޫސް ތަކައްވުރެން ފައިދާހުރި އެއްޗެއްގެ ގޮތުގައި އިސްތިހާރުކުރާތަނެވެ. "100% ޖޫސް" ނުވަތަ "ނޯ އެޑެޑް ޝުގާ" ޖަހާފައި އިސްތިހާރުކޮށްފައި ހުންނަ މޭވާގެ ޖޫސްތަކުގައިވެސް ގިނަ އަދަދަކަށް ހަކުރު އަޅާފައިހުރެއެވެ. އެފަދަ ހަކުރު ގިނަ ބުއިން ބޭނުންކުރުމުން މީހާގެ ބަރުދަން އިތުރުވެ، ޓައިޕް 2 ހަކުރު ބަލި ޖެހެން މަގުފަހިވެ، އަދި އެހެނިހެން ހިތުގެ ބަލިތައް ޖެހުން ގާތްވެއެވެ.

މޭވާ ޖޫސް އުފެއްދުމުގެ މަރުހަލާގައި އެ މޭވާގެ ހަމައެކަނި ޖޫސް ނެގުމުން އޭގައި އެކުލެވޭ ފައިބާތައް ނެތިގެންދެއެވެ. ނަތީޖާއަކަށްވަނީ، އެ މޭވާއިން ބޭރުކުރާ ޖޫސްގައި ހަމައެކަނި ހަކުރާއި ކެލޮރީސް އެކަނި ހިމެނުމެވެ. ފައިބާއަކީ ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމްގެ މަސައްކަތް ރަނގަޅަށް ހިނގުމަށް މުހިއްމު މާއްދާއެކެވެ. އަދި ފައިބާއިން ކޮލެސްޓްރޯލް އެއްހަމައެއްގާ ދަމަހަށްޓަދީ، ލޭގާއި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ. ދުޅަހެޔޮ ސިއްހަތަކަށް ފައިބާއަކީ، މި ބުނި ސަބަބުތަކާއިހެދި ވަރަށް މުހިންމު އެއްޗެކެވެ.

ސޮޑާފަދަ ބުއިންތަކާއި އެއްފަދައިން މޭވާ ޖޫސްގައި ވަރަށް ގިނަ އަދަދަކަށް ކެލޮރީސް ހިމެނެއެވެ. ގިނައިން ބޭނުންކުރުމުން ގައިގެ ބަރުދަން އިތުރުވެ، އާންމު ދިރިއުޅުމުގައި އަދާކުރާ މަސައްކަތްތަކާއި ޒިންމާތައް އަދާކުރުމަށް އުނދަގޫވާ ހާލަތެއް ދިމާވެއެވެ. ސޮޑާގައިވެސް ކުޑަ މިންވަރަކަށް ފައިބާ އަދި އެހެން ނިއުޓްރިއެންޓްސް ހިމެނެއެވެ. ނަމަވެސް މޭވާ ޖޫހުގައި އެ ފަދަ މާއްދާތަކެއް ނުހިމެނޭތީވެ ސޮޑާފަދަ ބުއިންތަކަށްވުރެން މޭވާ ޖޫހުން ލިބޭ ފައިދާ މާބޮޑަށްވެސް ކުޑައެވެ.

މޭވާ ޖޫހުގައި ހިމެނޭ ހަކުރުގެ އަދަދު ގިނަވުމާއި ގުޅިގެން ފުރަމޭއަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑެވެ. ފުރަމޭއަކީ ހަށިގަނޑަށް ވަންނަ ހަކުރު ޕްރޮސެސްކުރާ ގުނަވަނެވެ. އެ ގުނަވަނަށް ކެށތްނުވާވަރަށް ހަކުރު ޕްރޮސެސްކުރަން ޖެހުމުން ފެޓީ ލިވާ ޑިޒީސް ނަމަކަށް ކިޔާ ބައްޔެއްޖެހި ފުރަމޭ ހޫނުވެ، ބޮޑެތި ނޭދެވޭ އަސަރުތަކެއްކުރެއެވެ. މީގެ އިތުރުން، އިންސުލިން ރެސިސްޓެންސްއާއި އެހެނިހެން ހިތުގެ ބަލީގެ ޝިކާރައަކަށް ވުން މަގުފަހިކޮށްދޭ ފްރުކްޓޯސް މާއްދާ މޭވާ ޖޫހުގައި ގިނަ އަދަދަކަށް ހިމެނެއެވެ. ފްރުކްޓޯސްއަކީ ފުރަމޭއަށް އާދަޔާހިލާފަށް ގެއްލުން ބޮޑު ހަކުރުގެ ބާވަތެކެވެ.

މޭވާ ޖޫހުގެ ބަދަލުގައި، ފެން ބުއިން އިތުރުކޮށް، އަދި އަސްލު މޭވާއާއި ތަރުކާރި ބޭނުންކުރަން އާދަކުރާށެވެ. މޭވާ ޖޫހުގެ ބަދަލުގައި ފެނާއި ތަރުކާއީއާއި މޭވާ ބޭނުންކުރުމުގެ ސަބަބުން ފުރަމޭއަށް ގެއްލުންވުމުގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބުމުގެ އިތުރުން، މީހާ ހައިޑްރޭޓްކޮށްދޭން އެހީވެއެވެ.

ހަކުރާއި ކެލޮރީސް މަދު ބުއިންތައް އިހްތިޔާރުކުރަމަކީ ވަރަށް މުހިންމުކަމެކެވެ. ފެން، ހަކުރު ނާޅާ ކޮފީ ނޫނީ ސައި އަދި، ކުރުނބާފެން ފަދަ ހަކުރާއި ކެލޮރީސްދަށް، ނަމަވެސް ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސްއާއި ފައިބާ ލިބޭ އެއްޗިސް ބޭނުންކުރަން އެންމެންވެސް ހަނދާނުގައި ބެހެއްޓުން މުހިއްމެވެ.

މި ލިއުމާއި ގުޅޭ