Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރިއަށް ނުދާ ސަރުކާރުގެ މަޝްރޫއުތައް

ވެރިކަމުގެ ފަހު އަހަރު: މާލޭގައި ޑޭ ކެއަރ ސެންޓަރުގެ މަސައްކަތް އަދި ނުވެސް ފަށާ!

މި ވެރިކަމުގެ ފަހު އަހަރު 2023 ވަނަ އައި އިރުވެސް ސަރުކާރުގެ ސްޓްރެޓިޖީކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން މާލޭގައި ޑޭ ކެއާ ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނުފަށާކަން ހާމަވެއްޖެއެވެ.

މުޅި ޖުމުލަ 6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މާލޭގައި ޑޭ ކެއަރ ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ އެއް ލައްކަ ރުފިޔާއެވެ. އަދި އަންނަ އަހަރުގެ ބަޖެޓަށް 2 ލައްކަ ރުފިޔާ ކަނޑައަޅާފައިވެއެވެ. ދެ އަހަރުގެ ބަޖެޓަށް މުޅި ޖުމުލަ 3 ލައްކަ ރުފިޔާ ކުޑަ ބަޖެޓެއް ކަނޑައަޅާފައިވަނީ މި ސަރުކާރަށް ދެ އަހަރުންވެސް މި މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށޭނެތީކަމަށް ބެލެވެއެވެ.

ސަރުކާރު މަޝްރޫއުތަކުގެ އަޕްޑޭޓްދޭ އައިލްސް ވެބްސައިޓުގައިވާގޮތުން މި މަޝްރޫއު މިހާރު ވަނީ ހުއްޓާލާފައެވެ.

މާލޭގައި ޑޭ ކެއާ ސެންޓަރެއް ގާއިމުކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ޕްރީޑެންޓަރިން މަޝްރޫއެއްގެ ގޮތުގައި މަޝްރޫއެއް ހިމަނާފައިވާއިރު އެ މަޝްރޫއަށް 1.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އެ މަޝްރޫއާ ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވަނީ ސަރުކާރުގެ ސްޓްރެޓިޖީކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން މާލޭގައި ޑޭ ކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ހެދުމަށް މިނިސްޓްރީން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށެވެ.

މިނިސްޓަރު މީގެކުރިން ވިދާޅުވީ 2021 އިން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކަމާ ގުޅުންހުރި އެކި އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި ޑޭ ކެއާ ސެންޓަރު ގާއިމުކުރަން މާލެއިން ޖާގަ ނުލިބުމުގެ ސަބަބުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގައި ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް" (އެސްޖީއައިއައި) ޕްރޮޖެކްޓުގައި ހިމަނައިގެން ޑޭ ކެއާގެ ހިދުމަތް ދޭން މާލޭގައި ތަނެއް ގާއިމުކުރުމަށް ކުރި މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ މަގު ބަންދުވެ އެސްޖީއައިއައި ޕްރޮޖެކްޓުން މަސައްކަތް އުނިކޮށްފައިވާ ކަމަށެވެ.

އަދި ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން "ޗައިލްޑް ކެއާ ސްޕޭސް" ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހު މަޝްވަރާކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ