Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ދެވަނަ ފަހަރަށް ދިމާވެދާނެ ބަލިމަޑުކަމަކަށް ދުނިޔެ އެއްވެސް ވަރަކަށް ތައްޔާރެއްނޫން: ރެޑް ކްރޮސް

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއިން (އައިއާރުއެފްސީ) ކޮވިޑް-19ގެ އާލަމީ ވަބައިގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވި ބަލިމަޑުކަަންފަދަ އެހެން ބައިނަލްއަގްވާމީ ބަލިމަޑުކަމަކަށް ދުނިޔޭގެ ގައުމުތަކުން ތިބީ ތައްޔާރަށް ނޫންކަމަށް ބުނެފިއެވެ.

3 އަހަރުވަންދެން ކޮވިޑުގެ ވަބާއިން އަރައިގަތުމަށް ނިޔަނެތި މަސައްކަތް ކުރަމުން އައިނަމަވެސް، އަދިވެސް ދުނިޔޭގެ ގައުމުތަކުން އެފަދަ ބަލިމަޑުކަމަކާއި ދެވަނަ ފަހަރަށް ކުރިމަތިލާން ޖެހިއްޖެއްޔާ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެކަމާއި ކުރިމަތިލާނެ ވަރުގަދަ އިންތިޒާމްތަކެއް ރަވާފައެއް ނެތްކަމަށް، އައިއާރިއެފްސީގެ 2022 ވަނައަހަރުގެ ދުނިޔޭގެ ކާރިސާތަކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނާގޮތުން، މުސްތަގުބަލުގައި ކުރިމަތިވެދާނެ ބައިނަލްއަގްވާމީ ބަލިމަޑުކަމެއް ނުވަތަ ކާރިސާއެއް ދިމާވާއިރު މޫސިމީ ކާރިސާތަކާއި އެއްވަގުތެއްގައި ދިމާވެދާނެކަން ވަރަށް ގާތްކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކަށް އެފަދަ ކާރިސާތަކާއި ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި އެކަމާއި ކުރިމަތިލާން އަޅާނެ ފިޔަވަޅުތަކާއި ތައްޔާރީތައް މިއަހަރު ނިމުމުގެ ކުރިން އަޕްޑޭޓްކުރަން އިލްތިމާސްކުރިއެވެ.

ރިޕޯޓުގައި އިތުރަށް ތަފްސީލްކޮށްފައިވާގޮތުން، ގައުމުތަކުން ތައްޔާރުވާންވީ "އެންމެ ކާރިސާއަކަށް ނޫން، ނަމަވެސް ގިނަ ކާރިސާއެއް އެއްފަހާރާ ދިމާވެދާނެ ހާލަތަކަށް"ކަމަށާއި، ގައުމުތައް އިތުރަށް ހަރުދަނާވާނީވެސް އެފަދައަށް ތައްޔާރީ ފިޔަވަޅުތައް އިންތިޒާމް ކުރުމުންކަމަށް ބުނެފައިވެއެވެ.
އައިއާރުއެފްސީ، ދުނިޔޭގެ އެންމެ ބޮޑު އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާއިން ކޮވިޑުފަދަ އެހެން އާލަމީ ވަބާއަކާއި ރަނގަޅަށް ކުރިމަތިލެވޭނީ އިތުބާރު ދަމަހަށްޓައިގެންކަމަށާއި، ހަމަހަމަކަން އިތުރުކޮށްގެން ކަމަށާއި، އަދި ލޯކަލް އެކްޝަން ނެޓްވޯކްސް ގިނައިން ގާއިމްކޮށްގެން ކަމަށް ބުނެފައިވެއެވެ.
މޫސުމީ ކާރިސާތަކަށް އަލިއަޅުވާލާ އެ އިދާރާއިންވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ފިޔަވާ މި ގަރުނުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވި މޫސުމީ ކާރިސާތަކާއި، ނުރައްކާތެރި ބަލިމަޑުކަން ފެތުރުން އިތުރުވެފައިވާކަމަށެވެ. އަދި ގައުމުތަކުން އެފަދަ ކާރިސާތަކާއި ކުރިމަތިލާނެ ގާބިލިއްޔަތުކަން ވަރަށް ދަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

ރިޕޯޓުގައި އިތުރަށް ވަނީ، އުފެއްދުންތެރިކަމުގެ ނިސްބަތަށް ބިނާކޮށް 1 އިންސައްތައިން ޑޮމެސްޓިކް ހެލްތު ފައިނޭންސް އިތުރުކުރުމަށާއި، އަދި ގްލޯބަލް ހެލްތު ފައިނޭންސްއަށް އަހަރަކު 15 ބިލިއަން ކަނޑައެޅުމަށް އިލްތިމާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ