Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ފުއްގިރި މައްސަލަ ބައްލަވާ އަދީބުގެ ކުރީގެ ވަކީލު މައްސަލައިން ތަނާޒުލުނުވި

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ރ.ފުއްގިރި މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތުން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް އަދީބުގެ ކުރީގެ ގާނޫނީ ވަކީލް އަދި މިހާރުގެ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ނިންމަވައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ފުއްގިރި މައްސަލައާ ގުޅިގެން ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. ރައީސް ޔާމީނުގެ އިތުރަށް މި މައްސަލާގައި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް (ސަން)ގެ ދެ ކުންފުންޏަކާއި ކުރިކް ރިޟާގެ މައްޗަށް ދައުވާކޮށްފައިވެއެވެ.
މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި، ދިފާއީ ވަކީލުން ވަނީ މި މައްސަލައިގައި ގާޒީ ނަދީމްގެ މަސްލަހަތު ފުށުއަރާތީ ތަނާޒުލްވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ސަބަބެއް ކަމަށް ބުނީ މި މައްސަލައިގައި ދައުލަތުގެ ހެއްކެއް ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވުމެވެ.
ދިފާއީ ވަކީލުންގެ ވާހަކަތަކާ މެދު ވިސްނަވާނެ ކަމަށް އެ އަޑުއެހުމުގައި ނަދީމް ވިދާޅުވެފައިވާއިރު އެކަމާ ގުޅޭ ގޮތުން ނިންމެވި ގޮތް މިއަދު އިއުލާނުކުރައްވަމުން ނަދީމް ވިދާޅުވީ މަސްލަހަތު ފުށުއަރާ ސަބަބެއް ނެތް ކަމަށެވެ.

"ދައުވާ ލިބޭ އެއްވެސް މީހެއްގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެއް ނުވާނެ. އެހެންވެ، މަސްލަހަތު ފުށުއެރުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ގާޒީ ނަދީމް ވިދާޅުވިއެވެ.

ނިމުނު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ފުއްގިރި މައްސަލައަކީ އާރަށު މައްސަލައިގެ ކުރިން ދައުވާކުރި މައްސަލައެއް ކަމުގައިވީ ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމުނު ފަހުން މައްސަލައިގެ އެއްވެސް އަޑުއެހުމެއް ބާއްވާފައިނުވެއެވެ.
ފުއްގިރި މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ އާރަށު މައްސަލަވެސް ބެއްލެވި ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލެވެ. އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވައި ހުކުމް ކުރެއްވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފުއްގިރި މައްސަލައިން އޭނާ ތަނާޒަލުވެވަޑައިގެންނެވިއެވެ.
ޤާޟީ ޝަކީލު ފުއްގިރި މައްސަލަ ދޫކޮށްލެއްވުމުން އެ މައްސަލަ ބެއްލެވުމާ ހަވާލުވެވަޑައިގެންނެވީ ޤާޟީ އަލީ ނަދީމެވެ. ނަދީމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އަދީބު ނައިބުރައީސްކަމުން ވަކިކޮށް އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުމުން އޭނާގެ ވަކީލެއްގެ ގޮތުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއެކު މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއްގައިވެސް މައިގަނޑު ހެކިވެރިންނަކީ އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތެވެ. އެ ބޭފުޅުންގެ ހެކިބަހަކީ އިތުރު ހެއްކާ ނުލައި ބަލައިނުގަނެވޭނެ ހެކިބަސްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވެއެވެ.
މި ލިއުމާއި ގުޅޭ