2022 ވަނަ އަހަރުގައި އެ ކުންފުނިންވަނީ 10.5 މިލިއަން ކާރު ވިއްކާފައެވެ. ކާރުހެދުމުގައި ދުނިޔޭގެ ދެވަނާގައި އޮތް ވޮލްކްސްވޭގެންގެ މިދިޔަ އަހަރުގެ ވިޔަފާރި އޮތީ 10 އަހަރު ތެރޭގައި ދަށްނުވާވަރަށް ދަށުގައެވެ. އެއީ، މިދިޔަ އަހަރުގައި އެ ކުންފުނިން ވިއްކާފައިވަނީ 8.3 މިލިއަން ކާރެވެ.
ވިޔަފާރި ދަށްވުމަށް ދިމާވި ސަބަބުކަމަށް އެ ކުންފުނިން ބުނަނީ، ކޮވިޑް-19އާއި ގުޅިގެން ޗައިނާގައި ގާއިމްކުރި ލޮކްޑައުންތަކާއި، ޔުކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިން ހުށްޓުމުންކަމަށެވެ.