"އެންމެނަށް މީޑިއާނެޓް"ގެ ނަމުގައި މީޑިއާނެޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މީޑިއާ ނެޓުން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން މީޑިއާނެޓުގެ އާ ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް ޑީކޯޑަރާއި، ކަނެކަޝަން ގުޅައިދިނުމުގެ އިތުރުން 1 މަހުގެ ފުލް ޕެކޭޖް އެއްވެސް އަގަކާއި ނުލައި ލިބޭނެއެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީޑިއާނެޓުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ޚިދުމަތް ހޯއްދުމަށް މީޑިއާނެޓުގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް ގޮސްގެން ނުވަތަ މީޑިއާނެޓުގެ ބިޒްނަސް ޕާޓްނަރުންނަށް ގުޅުއްވައިގެން މީޑިއާނެޓުގެ ފްރީ ކަނެކްޝަނަކަށް އެދެވޭނެއެވެ.
އެކުންފުނިން ހުރިހާ އުމުރުފުރައަކާއި ގުޅޭ ދިވެހި އަދި ބޭރުގެ ފިލްމާއި ސީރީޒްގެ އިތުރުން މުހިންމު ގިނަ ޗެނަލްތައް އެކުލެވިގެން އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ޓީވީ އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްކަމަށެވެ.