Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރެއާލް އާއި ސޮސިއެޑާޑް އެއްވަރު، އުފާވެރިކަން ބާސެލޯނާ އަށް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މެޗު އެއްވަރުވުމުން އެންމެ ބޮޑު އުފަލެއް ލިބުނީ ލީގު އެއްވަނައިގައި އޮތް ބާސެލޯނާ އަށެވެ. ރެއާލް ލީގުގެ ދެވަނައިގައި އޮތްއިރު ސޮސިއެޑާޑް އޮތީ ތިންވަނައިގަ އެވެ. ރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަވީހެވެ. އެކަމަކު މެޗު އެއްވަރުވުމުން ބާސެލޯނާ އަށް ވަނީ މި ހަފްތާގެ މެޗުތައް ނިމުނުއިރޔ އެއްވަނައިގެ ލީޑު ފުޅާކުރެވިފަ އެވެ.

ބާސެލޯނާ އަށް 18 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ރެއާލަށް 18 މެޗުން ލިބުނީ 42 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސޮސިއެޑާޑަށް 19 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ރޭގެ މެޗަށް ފަހު ރެއާލް އާއި ބާސެލޯނާއާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ރެއާލުންނެވެ. އެޓީމުން 20 ހަމަލާ އުފެއްދިއިރު ގޯލާ އަމާޒުކޮށް ހަތް ހަމަލާ ފޮނުވާލި އެވެ. މީގެ ތެރެއިން ހަތަރު ހަމަލާ ފޮނުވާލީ ވިނީޝަސް ޖޫނިއާ އެވެ. އެކަމަކު ވިނީޝަސްގެ ތިން ހަމަލާއެއް މެޗުގައި މޮޅު ކުޅުމެއް ދެއްކި ސޮސިއެޑާޑްގެ އަލެކްސް ރެމީރޯ ވަނީ މަތަކޮށްފަ އެވެ.

ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި އޮސަސޫނާ އަތުން 1-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ސައުލް ނިގުއޭޒް އެވެ. މޮޅާ އެކު އެތުލެޓިކޯ އޮތީ 34 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސެލްޓަ ވީގޯ ވަނީ 0-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފަ އެވެ. ރެއާލް ވަލަޑޮލިޑް ވަނީ އަމިއްލަ ދަނޑުގައި ވެލެންސިއާއާ ވާދަކޮށް 0-1 އިން މޮޅުވެފަ އެވެ.

މި ލިއުމާއި ގުޅޭ