Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާޟީ އަޙްމަދު ޝަކީލު

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ޖަލު ހުކުމެއް ކުރެއްވި، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާދަމާ މެންދުރު 12:00 ޖަހާއިރުއެވެ. ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ވަނަވަރު ޖޭއެސްސީން ހާމަކުރަނީ އިއުލާންގެ މުއްދަތު ހަމަވުމުންނެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ ޝަކީލް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާފައެވެ.

ޝަކީލް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން އަދާކުރައްވަނީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ އިސްގާޒީ ކަމަށް އައްޔަން ކުރީ، ކުރިން ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ދިޔަ އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް މީގެ ކުރިން ކުރިން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ގާޒީ އަލީ ރަޝީދުވަނީ ސުޕްރީމް ކޯޓަށް ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ