Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެންޖަމިން ނަތަންޔާހޫ

އިސްރާއީލު މީހުން ފަލަސްޠީނު މީހުންނަށް ބަޑިން ހަމަލާދިނުމަށް ނަތަންޔާހޫ ފެހި ސިގްނަލް ދީފި

އިސްރާއީލު މީހުންނަށް މިހާރަށްވުރެ ފަސޭހައިން ބަޑި ލިބޭނެ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ނަތަންޔާހޫ ރާވާފައިވާ ރޭވުމަކީ ފަލަސްޠީނު ރައްޔިތުންނަށް ބަޑިން ހަމަލާދިނުމަށް ދޭ ހުއްދައެއްކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ.

ހޮނިހިރުދުވަހު ނަތަންޔާހޫވަނީ ހަތިޔާރު ގެންގުޅުމުގެ ހުއްދަ މިހާރަށްވުރެ ފަސޭހައިން އިސްރާއީލު ރައްޔިތުންނަށް ލިބޭނެ ގޮތަށް ޤާނޫނު އިސްލާހުކުރުމާއެކު، ޣައިރު ޤާނޫނީ ހަތިޔާރުތައް ހޯދުމުގެ މަސައްކަތް އަވަސްކުރާނެކަމަށް ބުނެފައެވެ.

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދުވުންތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަލުއިކުރާނެކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ.

މި ނިންމުމަކީ ކަނާތު-ފިޔައިގެ ހަރުކަށި ޕާޓީތަކުގެ މެންބަރުންގެ މައްޗަށް އެކުލެވޭ ނަތަންޔާހޫގެ ސަލާމަތީ ކަންކަމާ ބެހޭ ކެބިނެޓުގެ ބައްދަލުވުމަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި ބައްދަލުވުމަކީ އިރުމަތީ ޤުދުސްގައި ދިން ދެ ހަމަލާއަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ހުކުރުދުވަހު ޔަހޫދީ ފައްޅިއެއް ކުރިމަތީގައި ދިން ބަޑީގެ ހަމަލާއެއްގައި 7 މީހަކު މަރާލާފައިވެއެވެ. މި ހަމަލާއަކީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނަށް ކުރާ އަނިޔާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާއެކެވެ.

މި ޖަނަވަރީ މަހުގައި އެކަނި އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ 32 ފަލަސްޠީނު މީހުން މަރާލާފައެވެ.

މި ލިއުމާއި ގުޅޭ