Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯރަފުށި

ހޯރަފުށީގެ އެމްޑީޕީ އެންމެ ވަރުގަދަ އެކްޓިވިސްޓު ކުޑަކުއްޖަކާ ބެހިގެން ރައްޔިތުން ނިކުމެ ފުލުހުންނާ ހަވާލުކޮށްފި

ހއ.ހޯރަފުށީގެ އެމްޑީޕީގެ އެންމެ ހަރަކާތްތެރި އެކްޓިވިސްޓު ކުޑަކުއްޖަކާ ބެހުނުކަމަށް ތުހުމަތުވެ އެ ރަށު ރައްޔިތުން އޭނާ ނެރެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

ހޯރަފުށިން މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހަކީ އެ ރަށުގެ އައިސް ޕްލާންޓުގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ އެ ރަށުގެ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހެއްކަމަށްވެސް އެ ރަށުން މައުލޫމާތު ދިން އާންމު މީހަކު ބުންޏެވެ.

އެ ރަށު ރައްޔިތުން ނިކުމެ ހިފައި ފުލުހުންނާ ހަވާލުކުރި އެމްޑީޕީގެ އެކްޓިވިސްޓަކީ މުރުތަޟާ ނަމަކަށް ކިޔާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވަނީ އުމުރުން 14 އަހަރުގެ ކުޑަކުއްޖަކަށެވެ.

މި ލިއުމާއި ގުޅޭ