Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބާސްކެޓް

އިންޓަރސްކޫލް ބާސްކެޓްބޯޅަ މުބާރާތް ބެލުމަށް 250ރ ނަގާތީ ބެލެނިވެރިންގެ ކަންބޮޑުވުން

އިންޓަރސްކޫލް ބާސްކެޓްބޯޅަ މުބާރާތް ބެލުމަށް 18 އަހަރުން މަތީގެ މީހުން އަތުން 250ރުފިޔާ ނެގުމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހު ފަށާ އިންޓަރސްކޫލް ބާސްކެޓްބޯޅަ މުބާރާތް ބެލުމަށް ވަދެވެނީ ބޮލަކަށް 250 ރުފިޔާއަށްދޭ ޓިކެޓެއް ނަގައިގެން ކަމަށް ސުކޫލުން އެ ބެލެނިވެރިންނަށް އަންގާފައިވާ ކަމަށެވެ.

އެކަން އެގޮތަށް ނިންމައި ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ސްކޫލުތަކަށް އަންގާފައިވާ ކަމަށް ސްކޫލު ތަކުން ވަނީ ބެލެނިވެރިންނަށް އަންގައިފައެވެ.

އެބެލެނިވެރިޔާ ކިޔައިދިން ގޮތުގައި ސްކޫލް ޓީމްތަކަށް ބޭނުންވާ ޖާރޒީ ބަޔަށް ދަންދެން ގަންނަނީ ބެލެނިވެރިން އަތުން ފައިސާ ނަގައިގެންނެވެ. އެކަން އެހެން އޮއްވައި ކުއްލިއަކަށް 250 ރުފިޔާ ދީގެން މެޗުބަލަން ޖެހޭކަން އެންގުމުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އެމީހާ ކިޔައިދިނެވެ.

"އަސްލު ކުޑަ އަދަދެއް ނަމަވެސް ރަނގަޅު، 250 އަކީ ސްކޫލު ކުދިންތަކެއްގެ ބެލެނިވެރިން އަތުން ނަގަން ވަރަށް ބޮޑު އަދަދެއް. ބޮޑެތި މީހުންގެ މުބާރާތް ތަކުގައި ވެސް މި އަދަދަށް ފައިސާ އެއް ނުނަގާނެ. ކޮންމެ ބެލެނިވެރި އަކާއި އަދި އާއިލާ މީހުންވެސް ދާނެ އެކުދިން ކުޅޭތަން ބަލަން. ބައެއް އާއިލާތަކަކީ މިގޮތަށް ޚަރަދުތައް ކުރެވޭނެ އާއިލާތަކެއް ނޫން" އެމީހާ ބުންޏެވެ.

ހަގީގަތުގައި ވެސް މިއީ ކުރަންޖެހޭ ހޭދައާ ބަލައި ބެލެނިވެރިންނަށް ޖެއްސި ވަރަށް ބޮޑު ބުރައެކެވެ. ޖީއެސްޓީ ބޮޑުވުމާއި ގުޅިގެން ތަކެތީގެ އަގު އިންތިހާ އަށް ގޮސްފައިވާ މިދަނޑިވަޅުގައި މިއީ ބެލެނިވެރިންނަށް ކުރެވޭ ވަރަށް ވުރެ ބޮޑު ޚަރަދެކެވެ.

އަދި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީ މުޅިން އަލަށް މިހާ ބޮޑު އަދަދެއް ބެލެނިވެރިން އަތުން ނަގައިގެން ކުރިއަށް ގެންދަން ހަމަޖެއްސި ފުރަތަމަ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.

އެހެން އެސޯސިއޭޝަން ތަކުން ބާއްވާ އިންޓަސްކޫލު ގިނަ މުބާރާތް ބެލުމަށް ހިލޭ ބެލެނިވެރިންނަށް ވަދެވޭކަން ފާހަގަ ކޮށްލެވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން “ދިޔަރެސް” މައުލޫމާދިން ގޮތުގައި މިކަމަކީ އެމިނިސްޓްރީއަށް އެނގިގެން ކުރާ ކަމެއް ނޫންކަމަށެވެ.

އަދި އެކަން އެގޮތަށް ނުކުރެވޭނެކަން ބާސްކެޓް ބޯޅަ އެސޯސިއޭޝަނަށް އަންގާފައިވާނެ ކަމަށެވެ.

“އެއީ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކުރިކަމެއްނޫން. އެކަން އެގޮތަށް ނުކިރެވޭނެކަން ބާސްކެޓް ބޯޅަ އެސޯސިއޭޝަނަށް ވާނީ އަންގާފަ” އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ލިއުމާއި ގުޅޭ