Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރިޔާސީ ޓިކެޓު ރައީސަށް އަރުވާނެ ދުވަސް އިއުލާނު ކޮށްފި

އަންނަ މަހުގެ މެދުތެރޭގައި ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން އޮންނާނެ ކަމަށް އެމްޑީޕީން އިއުލާނުކޮށްފިއެވެ.

ހަމަނުޖެހުން ބޮޑު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. މި އިންތިޚާބުގައި ރައީސް އިބްރާހިމް އާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި އިންތިޚާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވައިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ. އެ އަށް ފަހު އަންނަ މަހުގެ މެދުތެރޭގެ ހިސާބުގައި ރައީސަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.

އިންތިޚާބުގެ ކުރިން ވޯޓާސް ލިސްޓާ މެދު އެމްޑީޕީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފައި ވަނިކޮށް ލިސްޓު ކުރިން އިއުލާނު ކުރި ގޮތަށް އިންތިޚާބު ވަނީ ބާއްވައިފައެވެ.

މި ލިއުމާއި ގުޅޭ