Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އަންނަ މަހުގެ ހަ ވަނަ ދުވަސް ސަރުކާރު ބަންދު ކަމަށް ކަނޑައަޅައިފި

އަންނަ މަހުގެ ހަވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ގޮތަށް ނިންމާފައިވަނީ އެދުވަހަކީ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށް ވާތީ އެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމީ 21 ޖެނުއަރީ 2019 ގަ އެވެ.

އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.

މިއީ މި ދައުރުގައި ރައީސް އިބްރާހީމް ރިޔާސީ ބަޔާން އިއްވާ ފަހު ފަހަރު ކަން ފާހަގަ ކޮށްލެވެ. ކުރިއަށް އޮތް ދައުރަށް ސަރުކާރެއް އެކުލަވާލުމަށް ބާއްވާ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނާނެއެވެ.

މި ލިއުމާއި ގުޅޭ