Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު ކޯލިޝަން

ކޯލިޝަން އެއްވެސް ޕާޓީއަކުން ރައީސް އިބްރާހީމަށް މަރުހަބާއެއް ނުކި!

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އެމަނިކުފާނު ކޯލިޝަން ހަދައިގެން ހުންނެވި އެއްވެސް ސިޔާސީ ޕާޓީއަކުން މަރުހަބާއެއް ނުކި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ރައީސް އިބްރާހީމް ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށެވެ. ހުރިހާ ރަށެއްގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހީމަށް ލިބުނީ 24،572 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބުނީ 15،631 ވޯޓެވެ.
ޕްރައިމަރީ ކެމްޕެއިނުގައި ވެސް ރައީސް އިބްރާހީމް ތަކުރާރުކޮށް ފާހަގަ ކުރެއްވި ކަމަކީ، މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެން ކަމެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވުމުގެ ވިސްނުން އޮތީ އެ ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ކަމަށް ރައީސް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރައީސް އިބްރާހީމް އެމްޑީޕީގެ ރިޔާސީ ޓިކެޓު ޔަގީންކުރެއްވުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން އަދި އެއްވެސް ޕާޓީއެއްގެ ލީޑަރަކުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެއް ނުވެ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރުމުގެ އުފާ ރައީސް އިބްރާހީމްގެ ސަޕޯޓަރުން ރޭ ފާޅުކޮށްފައިވާއިރު، ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ ފޮށިތަކަށް "ވަގު ވޯޓު" އަޅައިގެން ކަމަށް ބުނެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ނަޝީދުގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.
އެކަމަކު ޕާޓީގެ އިންތިހާބު ކޮމިޓީން ވަނީ ވަގު ވޯޓު އެޅިކަން ފާހަގަވެފައި ނުވާ ކަމަށާއި، އިއްޔެ ނިމިދިޔައީ އެންމެ ފުރިހަމަ އިންތިހާބު ކަމަށް ބުނެ، ރައީސް އިބްރާހީމަށް މިއަދު މަރުހަބާ ދަންނަވާފަ އެވެ.

އެމްޑީޕީ ފިޔަވާ ރައީސް އިބްރާހީމަށް މިހާތަނަށް ހަމައެކަނި މަރުހަބާކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިޔާސީ ޕާޓީ ކަމުގައިވާ އެމްޓީޑީންނެވެ.

މި ލިއުމާއި ގުޅޭ