Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން އަންހެން ޗެމްޕިއަންކަން ސަބަލެންކާ ހޯދައިފި

އިއްޔެ ކުޅުނު ފައިނަލުގައި ފަހަތުން އަރައި ކަޒަކިސްތާނުގެ އެލީނާ ރިބަކީނާ ބަލިކޮށް ބެލަރޫސް އަށް އުފަން އަރީނާ ސަބަލެންކާ އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ އުމުރުން 24 އަހަރުގެ ސަބަލެންކާ އަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗު ސަބަލެންކާ ކާމިޔާބުކުރީ ފަހަތުން އަރަ އެވެ. މެޗުގެ ފުރަތަމަ ސެޓު 6-4 އިން ގެންދިޔައީ ރިބަކީނާ އެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓު ސަބަލެންކާ ވަނީ 3-6 އަދި 4-6 އިން ގެންގޮސްފަ އެވެ.

ޗެމްޕިއަންކަން ކަށަވަރުވުމާ އެކު ސަބަލެންކާ އަށް އުފަލުން ރޮވުނެވެ. ޗެމްޕިއަނަށް ވުމަށް ފަހު ދެއްކި ވާހަކައިގައި ސަބަލެންކާ ބުނީ މިދިޔަ އަހަރަކީ އޭނާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށާއި، އެ ހުރިހާ ކަމަކުން އަރައިގަނެ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވުމުން އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ސަބަލެންކާ އަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ ނިއުޓްރަލް ފްލެގެއްގެ ދަށުންނެވެ. އެއީ ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައާ ގުޅިގެން ބެލަރޫސްގެ ކުޅުންތެރިންނަށް އަޅާފައިވާ ފިޔަވަޅާ ގުޅިގެންނެވެ. ހަނގުރާމައިގައި ބެލަރޫސް އިން ތާއީދުކުރަނީ ރަޝިއާ އަށެވެ. އެހެންވެ ބައެއް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ބެލަރޫސްގެ އެތުލީޓުންނަށް ނުލިބެ އެވެ.

ސަބަލެންކާ ވަނީ މިހާތަނަށް 20 ފައިނަލުގައި ކުޅެ 12 ތަށި ކާމިޔާބުކޮށްފަ އެވެ. އޮސްޓްރޭލިއަން އޯޕަންގައި ސަބަލެންކާ ވާދަކުރަން ފެށީ 2017 ވަނަ އަހަރު އެވެ.

ސަބަލެންކާ ވަނީ މީގެ ކުރިން ފްރެންޗް އޯޕަން އާއި ވިމްބަލްޑަން އަދި ޔޫއެސް އޯޕަންގައި ވެސް ވާދަކޮށްފަ އެވެ. މި ތިން މުބާރާތުގެ ތިން ސެމީ ފައިނަލުގައި ވާދަކޮށް ސަބަލެންކާ ވަނީ ބަލިވެފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ސެމީ ފައިނަލާއި 2021 އަދި 2022 ވަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ.

މި ލިއުމާއި ގުޅޭ