Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ރައީސް އިބްރާހީމާ މައްސަލައެއް ނެތްކަމަށް ވިދާޅުވެ ބޮންޑެ ފާހަގަކުރައްވަނީ އޭނާއަށް މައްސަލައަށްވާ ކަންކަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މައްސަލައެއް ނެތްކަމަށް ވިދާޅުވުމާއެކު ހުރި މައްސަލަތަކަކީ ކޮބައިކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ރައީސް އިބްރާހީމަށާއި، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ނޯޓެއް ފޮނުއްވައިފިއެވެ.

ދެ ރައީސުންނަށް ބޮންޑެ ފޮނުއްވި ނޯޓުގައި ވިދާޅުވެފައިވަނީ އޭނާއާ ރައީސް އިބްރާހީމާ ދެމެދުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މައްސަލައަކީ ރައީސް އިބްރާހީމުގެ ވަށައިގެން އުޅޭ އަނގަހުތުރު ފަސާދަވެރިންގެ މައްސަލަކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައީސް އިބްރާހީމުގެ ވަށައިގެން އުޅޭ "އަނގަހުތުރު ފަސާދަވެރިން" ޒާތީ ގޮތުން ރައީސް ނަޝީދާ ދިމާލަށް އަންނަނީ ހުތުރު ބަސްތައް ގޮވަމުންނެވެ. އެމަނިކުފާނަށް 2021 ވަނަ އަހަރުގެ މޭ ހައެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެން ލަކުނޭވެސް ގޮވާކަމަށް ބޮންޑެ ތުހުމަތުކުރެއްވިއެވެ.

ދެން އިތުރު މައްސަލައެއްގެ ގޮތުގައި ބޮންޑެ ފާހަގަކުރެއްވީ ނިމިދިޔަ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ 39000 މެންބަރުން އެ ޕާޓީން ވަކިކުރުމެވެ. އަދި އިންތިޚާބުގައި ރަށްރަށަށް ވޯޓުލީ މީހުންނަށް މާލެ އައިސް މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލީ މައްސަލައަކީވެސް މައްސަލައެއްކަމަށް ބޮންޑެ ވިދާޅުވިއެވެ.

އަދި ވޯޓުލާ މަރުކަޒުތަކުގައި ދެ ލިސްޓެއް ގެންގުޅުނު މައްސަލައާއި ވޯޓު ހައްގު މީހުންގެ ލިސްޓު މަރުކަޒުތަކުގައި ފެންނަ ގޮތަށް ހަރުކޮށްފައި ނެތުމަކީވެސް މައްސަލައެއްކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް ފޮނުއްވި ސިޓީ އަނބުރާ ނުގެންނެވުމަކީ މައްސަލައެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހު މައްސަލައެއްގެ ގޮތުގައި ބޮންޑެ ފާހަގަކުރައްވާފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުނުކުރާ މައްސަލައެވެ.

ބޮންޑެއަކީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދާ ގާތް ގުޅުމެއް އޮންނަ އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރެކެވެ. އޭނާއަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް އަޑުހަރުކޮށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ