Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އިބްރާހީމް

މިއީ ޕާޓީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ފަށަންވީ ވަގުތު: ރައީސް

މި ވަގުތަކީ އެމްޑީޕީގެ ހުރިހާ މެންބަރުން އެކީގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މަސައްކަތްކުރަންވީ ވަގުތުކަމަށް އިއްޔެ އޮތް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދުކޮށް ވޯޓުލީ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. "އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެންބަރުން އަޅުގަނޑަށް ދެއްވި ތާއީދާއި ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މި ވަގުތަކީ ޕާޓީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ.

ރައީސް ޕާޓީގެ މެންބަރުން އެކީގައި މަސައްކަތްކުރަން އިލްތިމާސްކުރެއްވިއިރު އިއްޔެ އޮތް ޕްރައިމަރީގެ ވޯޓުލުމަކީ މި ފަހުގެ ތާރީޚުގައި ރާއްޖޭގައި ބޭއްވި އެންމެ ހަމަނުޖެހުން ބޮޑު އިންތިޚާބެވެ. އެތައް ރަށެއްގައި ވޯޓުލާ މަރުކަޒުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ވޯޓު ފޮށިތައް ހަލާކުކޮށް ސުންނާފަތިކޮށް ފަޅާލާފައިވެއެވެ.

ވޯޓުގެ ނަތީޖާ އިއުލާނުކުރިފަހުން ރައީސް އިބްރާހީމާ އިންތިޚާބުގައި ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ޓީމުންވަނީ ވޯޓު ޝީޓުތަކުގައި ހުރި މައްސަލަތައް ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ ގިނަ މީހުން ވޯޓުލިކަން އެ ނަތީޖާ ޝީޓުތަކުން ފެނިފައިވެއެވެ.

އެކަން ފާހަގަކުރައްވައި ރައީސް ނަޝީދުވަނީ ގިނަ އަދަދެއްގެ ވޯޓު ފޮށިތައް ބާތިލުކަމަށް ވިދާޅުވެ، އިހުތިޖާޖުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ އިތުރަށް ވޯޓުލާފައިވާ ހުރިހާ ފޮއްޓެއް ބާތިލުވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ