Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

އެމްޑީޕީ އިންތިހާބު ރައީސް މައުމޫނު ޒަމާނުގެ އިންތިހާބަކާއި އެއްފަދަކޮށްފި

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި، ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ބާއްވަމުން އައި އިންތިހާބަކާއި ރ.އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެއްވަރު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ރައީސް އިބްރާހީމް އާއި ރައީސް މައުމޫނު އެކުގައި ތިއްބެވި ފޮޓޯއަކާއި އެކު ވައްޑެ ވިދާޅުވީ ރައީސް މައުމޫން މާ މަދު ސިޔާސީ މަޤާމުތަކަކާ، މާ މަދު ކުންފުނިތަކަކާ، މާ ކުޑަ ބަޖެޓަކާ، މާ މަދު މީޑިޔާގެ ވަސީލަތްތައް ބޭނުންކުރައްވައިފެން އިންތިހާބުތަކުގައި 93 އިންސައްތަ ނެންގެވިކަމަށެވެ. އެކަމަކު އެއީ އިންސާފުވެރި އިންތިހާބުކަމަށާ ޑިމޮކްރެސީ ކަމަށް އެކަކުވެސް ގަބޫނުކުރާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ރައީސް އިބްރާހީމް 61 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 38 އިންސައްތައެވެ.

މިހާތަނަށް ރައީސް ނަޝީދުގެ ފަރާތުން ބަލި ގަބޫލުކުރައްވާފައި ނުވާއިރު، ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުގައި ވޯޓުލީ މީހުންގެ ޖުމްލަ އަދަދާއި ފޮއްޓަށް ވޯޓުލެވޭނެ މީހުންގެ އަދަދު ދިމާނުވާކަން ވަނީ ފާހަގަވެފައެވެ. އެކަންތައްތަކަށް ރިއާޔަތްކުރައްވައި ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފޮށިތަކުގެ ނަތީޖާ އެހެން ކަމުން ބާތިލުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަކަށް އަދި އެމްޑީޕީގެ އިންތިހާބު ކޮމިޓީން ރައްދު ދީފައިނުވެއެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ދަނީ މި އިންތިހާބަކީ ގަޑުބަޑުކޮށްފައިވާ އިންތިހާބެއް ކަމަށާއި ރައީސް ނަޝީދު ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގޮވާލައްވަމުންނެވެ.

މި ލިއުމާއި ގުޅޭ